އެހީގެ ޕްރޮގްރާމްތަކަށް 7 މިލިއަން ރުފިޔާ އެންސްޕާއިން ހަރަދުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 15 ދުވަސް ކުރިން - 3 އޮކްޓޯބަރު 2025 18:23
އެންސްޕާ އޮފީސް ހިންގާ ޢިމާރާތް: އެންސްޕާއިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ބޭސްފަރުވާގެ އެހީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ ހިމެނޭ--- ފޮޓޯ: އިންޓަނެޓް
އެންސްޕާ އޮފީސް ހިންގާ ޢިމާރާތް: އެންސްޕާއިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ބޭސްފަރުވާގެ އެހީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ ހިމެނޭ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، އެހީގެ ޕްރޮގްރާމްތަކަށް ޖުމުލަ 720،913،060.77 ރުފިޔާ ހޭދަކުރި ކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ

އަހަރުގެ މިހާތަނަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެހީގެ ޕްރޮގްރާމްތަކަށް ހަތް މިލިއަން ރުފިޔާ ހޭދަކުރި ކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، އެހީގެ ޕްރޮގްރާމްތަކަށް ޖުމުލަ 720،913،060.77 ރުފިޔާ ހޭދަކުރި ކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް އެންސްޕާއިން ކުރި ހަރަދު 204،920 ރުފިޔާއަށް އަރަ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުންފުނިން ވަނީ ފަގީރު ހާލަތުގައި ދިރިއުޅޭ ޖުމުލަ 697 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ހިނގާ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި ޖުމުލަ 40،021،000 ރުފިޔާ ވަނީ ހަރަދުކޮށްފައިވާ ކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ހިނގާ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ޖުމުލަ 1،427،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެންސްޕާއިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ބޭސްފަރުވާގެ އެހީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީގެ އިތުރުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%