ޕީއެންއެފް ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު މުހައްމަދު އަހުމަދު ވަހީދު ޓްރާންސްޕޯޓް މިނިސްޓްރީގެ މިނިސްޓަރަކަށް އައްޔަނުކޮށްފި އެވެ.
އެނގިފައިވާގޮތުގައި ވައްޑެ ޓްރާންސްޕޯޓް މިނިސްޓްރީއަށް އައްޔަނުކުރީ މިހަފްތާ ތެރޭގަ އެވެ.
ވައްޑެ ވަނީ މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ ޕީއެންއެފްގެ ޖަލްސާގައި ފާޑު ވިދާޅުވެފައި އެވެ. ނަމަވެސް މިދިޔަ މަހު އޭނާ ވަނީ އެކަމަށް މާފަށް އެދި ޕީއެންސީއަށް ސޮއި ކުރައްވާފަ އެވެ.
ވައްޑެ ބުނެފައިވަނީ ރައީސްގެ ދެކަނބަލުންނަށް ބޭއަދަބީ ބަހުން، ވަރަށް ހުތުރުކޮށް އެއްޗެހި ވިދާޅުވެވުނީ ސިޔާސީ ޖޯޝުގައި ކަމަށެވެ.
އަދި އޭރު އެގޮތަށް ވާހަކަ ދެއްކެވީ އޭރު ލިބިވަޑައިގެންނެވި މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށާއި މިހާރު އެއީ ހަގީގަތާއި މުޅިން ހިލާފު މައުލޫމާތުތަކެއް ކަން ކަށަވަރު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.