Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ފްލޮޓިއްލާ ހުއްޓުވުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް

ޣައްޒާ ފްލޮޓިއްލާ ހުއްޓުވުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް

އައިޝަތު ރުވާ ރިފްޢަތު
341 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 19:07
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އަނިވާވެރިކަމާއި ދެކޮޅަށް މާލޭގައި ބޭއްވި ރެލީއެއް/ ފޮޓޯ: ހުލާސާ
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އަނިވާވެރިކަމާއި ދެކޮޅަށް މާލޭގައި ބޭއްވި ރެލީއެއް/ ފޮޓޯ: ހުލާސާ
ޚުލާސާ

އެމެޖެންސީ ޕްރޮޓެސްޓްގެ ގޮތުގައި މިރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ. ޝަޒްރާ އިބްރާހީމް.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހިފެހެއްޓުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި އިހުތިޖާޖީ އެއްވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މި އެއްވުން އިންތިޒާމުކޮށްފައިވަނީ އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ) އިންނެވެ.

އެމެޖެންސީ ޕްރޮޓެސްޓްގެ ގޮތުގައި މިރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ. ޝަޒްރާ އިބްރާހީމް ވަނީ، ޣައްޒާގެ މުސްލިމު އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ދިވެހިރާއްޖެ ހިމެނޭގޮތަށް 44 ޤައުމެއްގެ ރައްޔިތުން އިސްނަގައިގެން، ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެ ސަރަހައްދުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރަމުންދާ ބޮޑު ގާފިލާއެކެވެ. މި ގާފިލާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ޤާނޫނީ ވަކީލުން ހިމެނެ އެވެ.

Advertisement

Advertisement 1

ފްލޮޓިއްލާގެ ދަތުރު އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީން ގޮތުގައި، މިހާތަނަށް 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގަނެ ހުއްޓުވާފައިވެ އެވެ. އަދި މިވަގުތު އިތުރު 30 އުޅަނދު ޣައްޒާއަށް ދަތުރު ކުރަމުންދާ ކަމަށް އެ ފަރާތުން ބުންޏެވެ.

ދިވެހިރާއްޖެއިން މި ދަތުރުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް ބައިވެރިވަމުން ދާއިރު، ޔަހޫދީ ސިފައިން ހަތިޔާރާއެކު އުޅަނދުތަކަށް އަރައިގަންނަ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ފްލޮޓިއްލާގެ އެކްޓިވިސްޓުން ވަނީ އާންމުކޮށްފަ އެވެ. އަދި ޔަހޫދީ ސިފައިންގެ ބެލުމުގެ ދަށަށް އެކްޓިވިސްޓުން ގެންދިއުމަކީ އައިރު ޤާނޫނީ ކުށެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.

މި އިހުތިޖާޖީ އެއްވުމުގެ ބޭނުމަކީ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރެވޭ ހަރަކާތްތަކަށް ހުރަސްއަޅާ ޔަހޫދީ ސިފައިންގެ އައިރު ޤާނޫނީ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގުވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމާއި، ޣައްޒާއަށް މިނިވަންކަން ދިނުމަށް ގޮވާލުމެވެ.

ފްލޮޓިއްލާޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

4 ދުވަސް ކުރިން - 14:55

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

17 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

27 ދުވަސް ކުރިން - 14:25

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައިފި؛ ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައި ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

30 ދުވަސް ކުރިން - 07:41