ފްލޮޓިއްލާގެ އެންމެން ހައްޔަރުކޮށްފި! ދިވެއްސަކު ނުހިމެނޭ!

ޢަބްދުﷲ ޖުނައިދު | 64 ދުވަސް ކުރިން - 2 އޮކްޓޯބަރު 2025 18:01
ކުއްލި ޚަބަރު: ފްލޮޓިއްލާގެ އެންމެން ހައްޔަރުކޮށްފި! ދިވެއްސަކު ނުހިމެނޭ!
ކުއްލި ޚަބަރު: ފްލޮޓިއްލާގެ އެންމެން ހައްޔަރުކޮށްފި! ދިވެއްސަކު ނުހިމެނޭ!
ޚުލާސާ

ފްލޮޓިއްލާގެ ހުރިހާ އެންމެން މިވަގުތު ތިބީ އިސްރާއީލުގެ ބެލުމުގެ ދަށުގައި. ރާއްޖޭގެ ޝާޒް ހުރި ބޯޓް ވަނީ ނުރައްކާތެރި ޒޯނަށް ވަނުމުގެ ކުރިން އަނބުރާލާފަ.

ޣައްޒާގެ ފުރަބަންދު ފޫއަޅުވާލަން މަސައްކަތް ކުރި ފްލޮޓިއްލާގެ އެންމެން މިވަގުތު ތިބީ އިސްރާއީލުގެ ބެލުމުގެ ދަށުގައެވެ. އޭގެތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ފްލޮޓިއްލާގެ އުޅަނދުގައި އިންޓަރނޭޝަނަލް އެއިޑް(އައިއޭސީ) ކެމްޕެއިންގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ޝާޒް (ބޮޑޭ) ދަތުރުކުރިއެވެ. ނަމަވެސް އޭނާ ދަތުރުކުރަމުން ދިޔައީ އޮބްޒާވަރު ބޯޓުގައެވެ. އެއީ ފްލޮޓިއްލާގެ އެހެން ހުރިހާ ބޯޓެއްގެ ކަންކަން ބަލަހައްޓާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ބޯޓެއް ކަމަށާއި ސީދާ ޣައްޒާއަށް ވަންނަން ދަތުރުކުރާ ބޯޓެއް ނޫން ކަމަށް އައިއޭސީން ބުންޏެވެ. އަދި ބޯޓުތައް އިންޓަސެޕްޓް ކުރުމާއެކު އޮބްޒާވާ ބޯޓުތައް ވަނީ ރައްކާރި ހިސާބުތަކަށް މިސްރާބު ޖަހާފައި ކަމަށް ވެސް އައިއޭސީން ބުންޏެވެ.

ބައެއް މީޑިއާތަކުން ޝާޒް ދަތުރުކުރަމުން ދިޔަ ބޯޓުވެސް ޣައްޒާ އަށް ވަނުމަށް މިސްރާބު ޖެހި ކަމަށް ބުނެފައި ވިޔަސް އެއީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެކެވެ. ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުގެ ޗެއާމަނާއި ޙަވާލާދީ “ބިތުފަންގި.ކޮމް” ގައި ވެސް ލިޔެފައި ވަނީ ޣައްޒާގެ ފުރަބަންދު ފޫއަޅުވާލުމަށް ފްލޮޓޮއްލާ އުޅަނދުގައި އެއްވެސް ދިވެއްސަކު ޣައްޒާ އަށް ވަނުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ފަރާތުން ޣައްޒާއަކަށް ނުދާނެ އެއްވެސް ބޭފުޅަކު. އަދި ޑޭންޖަރ ޒޯނޭ މިކިޔާ ހިސާބަކަށް ވެސް ނުދާނެ. އަޅުގަނޑުމެންގެ ދެބޭފުޅުން ވަނީ ކަމަކާއި ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ކަނޑުމަތީގެ ތަމްރީނުތައް ހަދާފައި. އެއީ އެއްވެސް ޙާލެއްގައި އިސްރާއީލުގެ ސިފައިން ފޫއަޅުވާލައި ޣައްޒާއަށް ދިޔުމަކަށް ނޫން. އަޅުގަނޑުމެންގެ ގާތުން އެތައް ޤައުމަކުން އެބަ އެދޭ ދިވެހިން ވެސް މި ޙަރަކާތުގައި ދަތުރުކުރާ ބޯޓުތަކަށް އަރައި ޣައްޒާ އަށް ވަނުމަށް. ނަމަވެސް، އަޅުގަނޑުމެން އެ ކަމަށް ނޯ މިޖަހަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ދިވެހި ސަރުކާރަށް މިކަމުން ޕްރެޝަރެއް އަންނާކަށް އަދި ދިވެއްސަކު އެންމެ ހިނދުކޮޅަކަށްވެސް ޔަހޫދީންގެ ބާރުގެ ދަށަށް ފޮނުވާކަށް… އައިއޭސީން އޭނަ (ބޮޑޭ) ބޯޓަށް އެެރިޔަސް ހުންނާނީ މީހުންނަށް އިންސްޓްރަކްޝަން ދިނުމަށް… މި ޙަރަކާތުގައި އިތުރު ދިވެއްސަކު ބައިވެރިވާން މިހާތަނަށް އެދިފައެއްވެސް ނުވޭ. އެދުނަސް އަޅުގަނޑުމެން ކެންސަލް ކުރާނަން” އިންޓަރނޭޝަނަލް އެއިޑްގެ ޗެއާމަން ވިދާޅުވިއެވެ.

އައިއޭސީގެ ޗެއާމަން އާއި ޙަވާލާދީ 7 ސެޕްޓެމްބަރު 2025 ގައި ބިތުފަންގި.ކޮމް ގައި ލިޔެފައި ވެއެވެ.

ޣައްޒާ އަށް ވަނުމަށް އިސްރާއީލުން ހުރަސް އެޅުމުން ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައެއް އުޅަނދުތަކުން އިސްރާއީލަށް އިޖާބަ ނުދީ ޣައްޒާއަށް ވަނުމަށް މަސައްކަތްކުރި ހުރިހާ އުޅަނދެއް މިވަގުތު ވަނީ އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް މަސްދަރުތައް ބުނެއެވެ. ނަމަވެސް ގިނަ މަސްދަރުތަކުން ބުނަނީ އެއް އުޅަނދު އަތުލިކަން ޔަޤީން ނުވާ ކަމަށާއި 317 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%