ކަނޑުމަގުން ޣައްޒާ އަށް ވަނުމަށް އިޒުރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލައި، އެހީގެ ތަކެތި ސަޕްލައި ކުރަން މަސައްކަތްކުރި 50 އަށް ވުރެ ގިނަ ބޯޓަށް ހުރަސް އަޅައިފިއެވެ.
ގްރީސް ކައިރީގައި އޮންނަ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ގްލޯބަލް ސުމުދު ފްލޮޓިލާގެ ބައެއް އުޅަނދުތަކަށް ޔަހޫދީ ސިފައިން ވަނީ އަރައި އޭގައި ތިބި ބައިނަލްއަޤްވާމީ އެކްޓިވިސްޓުންނަށް ބިރު ދައްކާފައި ކަމަށާއި މުވާޞަލާތީ ޚިދުމަތްތައް ކަނޑާލާފައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުގައި 400 އަށް ވުރެ ގިނަ އެކްޓިވިސްޓުންނަށް ހުރަސް އަޅާފައި ވެއެވެ.









