
ބާސެލޯނާހެ ބަނދަރު ސަރަޙައްދުގައި ފްލޮޓިއްލާގެ ބައިވެރިންތަކެއް
ހަނގުރާމަ ހުއްޓައިލީމޭ ބުނި ކަމުގައި ވިޔަސް އަދިވެސް ޣައްޒާ އަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ވެއްދުމުގައި ޔަހޫދީ ސަރުކާރުން ފިއްތާލައި، ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުން ދާއިރު، އެ ކަންކަމާއި ދެކޮޅަށް ވަކާލާތުކޮށް، ތާރީޚުގައި ޣައްޒާ އާއި ދިމާލަށް މިސްރާބު ޖަހާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޞުމޫދު ފްލޮޓިއްލާ ކަމަށް، މި ފަތުރުގެ މައިގަނޑު އިންތިޒާމް ބަލަހައްޓާ ތުރްކިޔޭއިން ބުނެފިއެވެ.
ތުރުކިޔޭގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގްލޯބަލް ޞުމުދު ފްލޮޓިއްލާ އާއި ފްރީޑަމް ފްލޮޓިއްލާ ކޯލިޝަނުން އިންތިޒާމް ކުރި މި ދަތުރުގައި ސްޕެއިން އާއި މެޑިޓެރޭނިއަން ކަނޑުގެ އެހެނިހެން ބަނދަރުތަކުން އުޅަނދުތައް މިހާރު ދަނީ ފުރާފައެވެ.

ތުރްކިޔޭން ބުނާ ގޮތުގައި މިފަހަރު 1000 އަޤ ވުރެ ގިނަ ވޮލެންޓިއަރުން ބައިވެރިވޭ.
މި މިޝަންގައި 100 އަށް ވުރެ ގިނަ އުޅަމދު ބައިވެރިވާއިރު، މި ޤާފިލާގެ މަޤްޞަދަކީ އިސްރާއީލުގެ ހުރަސްތައް މުގުރާލައި، އިންސާނީ އެހީ ސީދާ ޣައްޒާއަށް ފޯރުކޮށްދިނުމެވެ.
މިއީ މިހާތަނަށް އިންތިޒާމްކުރި އެންމެ ބޮޑު ޤާފިލާއެވެ. މިދިޔަ އަހަރުގެ ޤާފިލާގައި އިޒުރޭލު ކަނޑުގެ ސަރަޙައްދު ހުރަސް ކުރުމަށް މަސައްކަތްކުރީ ގާތްގަނޑަކަށް 40-50 އުޅަނދެވެ.
މިފަހަރުގެ ޤާފިލާގައި ތުރްކިޔޭގެ އެކްޓިވިސްޓުންނާއި ޖަމިއްޔާތަކުން މުހިއްމު ދައުރެއް އަދާކުރަމުންދާއިރު، ރަސްމީކޮށް އުޅަނދުތައް ނައްޓާލާނީ ސްޕޭނުގެ ބަނދަރުންނެވެ.










