ތުރްކިޔޭ އިން އިސްވެ އޮވެ އުފެއްދި "ސްޓެޑްފާސްޓްނެސް ފްލޮޓިއްލާ" ގެ ގިނަ އުޅަނދުތައް އިޒުރޭލުން ހުއްޓުވަމުން ދަނިކޮށް، ތުރްކިޔޭގެ 10 އުޅަނދެއް ޣައްޒާ އާއި ދިމާއަށް ދަތުރު ކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު އިސްރާއީލުގެ ސިފައިން މިހާރު ވަނީ އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުތަކަށް އަރައި ހުއްޓުވާފައެވެ.
ބައެއް އުޅަނދުތަކުގެ އިންޖީނު ހަލާކުކޮށް މުވާޞަލާތީ ސާމާނުތައް ކަނޑަށް އުކާލާފައިވާ ކަމަށް ވެސް ޚަބަރުތައް ލިބެއެވެ.
އިސްރާއީލުގެ އިންޒާރުތަކަށް ބެލުމެއް ނެތި ދަތުރުކުރަމުންދާ ތުރްކިޔޭގެ 10 އުޅަނދު އަތުލުމަށް ޓަކައި އިސްރާއީލުން އިތުރު ބާރުތައް ބޭނުން ކުރާނެ ކަމަށް ޚަބަރު ލިބެއެވެ.










