ބްރެޒިލްގެ ތިއާގޯ އާއި މަންޑޭލާގެ ކާފަދަރި ވެސް ހައްޔަރުކޮށްފި

ޢަބްދުﷲ ޖުނައިދު | 15 ދުވަސް ކުރިން - 2 އޮކްޓޯބަރު 2025 01:49
އިސްރާއީލުން ހައްޔަރުކޮށްފައިވާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާގައި ތިބި މަޝްހޫރު ބައެއް އެކްޓިވިސްޓުން.
އިސްރާއީލުން ހައްޔަރުކޮށްފައިވާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާގައި ތިބި މަޝްހޫރު ބައެއް އެކްޓިވިސްޓުން.
ޚުލާސާ

މަންޑްލާގެ ކާފަދަރިއާއި ބްރެޒިލްގެ ތިއާގޯގެ އިތުރުން ގްރިއެތަ ތުންބެރީ އާއި ޔޫރަޕިއަން ޕާލެމެންޓުގެ ރީމާ ވެސް އިސްރާއީލުން ހައްޔަރުކޮށްފި.



ސްވެޑެންގެ އެކްޓިވިސްޓް ގްރިއެތަ ތުންބެރީ އިސްރާއީލު ސިފައިން މިއަދު ހައްޔަރުކުރަނީ: އޭނާ މިހާރު ހުރީ ފްލޮޓިއްލާގެ 223 ހައްޔަރީންނާއެކު އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި.

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގައި ތިބި އެންމެ މަޝްހޫރު އެކްޓިވިސްޓުން އިސްރާއީލުން ހައްޔަރުކޮށްފިއެވެ.

މިހާރު ދައުރުވަމުންދާ 223 މީހުންގެ ލިސްޓުގައި ވާގޮތުން މޫސުމާއި ބެހޭ އެކްޓިވިސްޓް، ސްވެޑެންގެ ގްރިއެތަ ތުންބެރީ އާއި ފްރާންސް-ފަލަސްތީނުގެ ސިޔާސީ ބޭފުޅެއް އަދި ލޯޔަރެއްގެ އިތުރުން ޔޫރަޕިއަން ޕާލެމެންޓުގެ ކުރީގެ މެންބަރެއް ކަމަށްވާ ރިމާ ޙަސަން އާއި، ފަލަސްޠީނުގެ ޙައްޤުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ވަކާލާތުކުރަމުންދިޔަ ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާގެ ކާފަދަރިކަލުން އަދި ކުރީގެ މަޖިލިސް މެންބަރު މަންޑްލާ މަންޑޭލާގެ އިތުރުން މި ޙަރަކާތުގައި ފެށުނީއްސުރެ އިސްކޮށް އުޅުނު ކޯޑިނޭޓަރު ބްރެޒިލްގެ ތިއާގޯ އަވިލާ ހިމެނެ އެވެ.

ސްވެޑެންގެ ގްރިއެތަ ތުންބެރީ ފަލަސްޠީނުގެ ދިދަ ނަގައިގެން ޣައްޒާގެ ދިފާޢުގައި: އޭނާ މިހާރު ހުރީ ފްލޮޓިއްލާގެ 223 ހައްޔަރީންނާއެކު އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި.

ދެކުނު އެފްރިކާއިން ވަނީ އިސްރާއީލުގެ ޢަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، މަންޑޭލާ އާއި ބަންދުގައި ތިބި އެހެން ހުރިހާ މީހުން “ވަގުތުން ދޫކޮށްލުމަށް” ގޮވާލާފައެވެ.

ހަމަ އެހެންމެ ބްރެޒިލްގެ ސަރުކާރުން ވެސް ވަނީ އިސްރާއީލުގެ ޢަމަލު ކުށްވެރިކޮށް އެ ޤައުމުގެ އެކްޓިވިސްޓް އަދި މި ދަތުރުގެ ކޯޑިނޭޓަރެއް ކަމަށްވާ ތިއާގޯ އަވިލާގެ ޙާލަތު ސާފުކޮށްދިނުމަށް ޑިމާންޑްކޮށްފައެވެ. ތިއާގޯ އަކީ ޖޫންމަހުގެ ފްލޮޓިއްލާގައި ވެސް ޔަހޫދީ ޒައެނިސްޓް ސިފައިން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އަނިޔާވެރިކަމާއި އެކު ހައްޔަރުކުރުމަށްފަހު އެފަހަރު ޑީޕޯޓްކޮށްލި އެކްޓިވިސްޓެއް ކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%