Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަޙްޔޫނީންގެ ބެލުމުގެދަށުގައި ތިބި ފްލޮޓިއްލާގެ އެކްޓިވިސްޓުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ސަޙްޔޫނީންގެ ބެލުމުގެދަށުގައި ތިބި ފްލޮޓިއްލާގެ އެކްޓިވިސްޓުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ޢަބްދުﷲ ޖުނައިދު
341 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 15:25
ކުއްލި ޚަބަރު: ސަޙްޔޫނީންގެ ބެލުމުގެދަށުގައި ތިބި ފްލޮޓިއްލާގެ އެކްޓިވިސްޓުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
ކުއްލި ޚަބަރު: ސަޙްޔޫނީންގެ ބެލުމުގެދަށުގައި ތިބި ފްލޮޓިއްލާގެ އެކްޓިވިސްޓުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
ޚުލާސާ

ހައްދުފަހަނައެޅި ސަޙްޔޫނީންގެ ބެލުމުގެދަށުގައި ތިބި ފްލޮޓިއްލާގެ 223 އެކްޓިވިސްޓުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި.

ހައްދުފަހަނައެޅި ސަޙްޔޫނީންގެ ބެލުމުގެދަށުގައި ތިބި ފްލޮޓިއްލާގެ އެކްޓިވިސްޓުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސަޙްޔޫނީން ވަނީ ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)އިން މިހާތަނަށް 223 ބައިނަލްއަޤަވާމީ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ދުނިޔޭގެ ޞުލްޙައިގެ އިނާމު ހޯދާފައިވާ ނެލްސަން މަންޑޭލާގެ ކާފަދަރިކަލުން ވެސް ހިމެނެއެވެ.

ރޭ ދަންވަރުން ފެށިގެން އިސްރާއީލުގެ ސިފައިން ޖީއެސްއެފްގެ 15 އުޅަނދަކަށް ޙަމަލާދިންކަން ކަށަވަރުވެފައިވާއިރު އިތުރު އަށް އުޅަނދަކަށް މިހާރު ޙަމަލާ ދިނުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ..

Advertisement

Advertisement 1

ފްލޮޓިއްލާއިން ހައްޔަރުކުރި 223 އެކްޓިވިސްޓުންގެ ނަމާއި ޤައުމު މިހާރު ވަނީ ހިއްސާކޮށްފައެވެ.

ފްލޮޓިއްލާ ޓްރެކަރ އިން މިހާރު ދައްކާ ގޮތުގައި އިސްރާއީލުގެ ސިފައިން 20 އުޅަނދަކަށް ހަމަލާދީފައިވާއިރު، ޣައްޒާ އަށް ދަތުރުކުރަމުންދާކަމަށް ފެންނަނީ 24 އުޅަނދެވެ.

ގްލޯބަލް މިޝަންގެ ތުރުކީވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ އެރްޑެމް އޮޒްވެރެން ބުނި ގޮތުގައި އެމީހުންގެ އުޅަނދު އޮތީ ޣައްޒާ އާއި ގާތްގަނޑަކަށް 29 ނޯޓިކަލް މޭލުގައެވެ. ތުރުކީގެ މީޑިއާއިން ބުނާ ގޮތުގައި އެ ޤައުމުގެ 30 މީހުން އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ. އެއާއި ޚިލާފަށް އަލްޖަޒީރާއިން ބުނަނީ ތުރުކީގެ 21 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސްޕޭނުގެ 30 މީހުންނާއި އިޓަލީގެ 22 އަދި މެލޭޝިއާގެ 12 މީހުން ހައްޔަރުކޮށްފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ.

އިންސާނީ އެހީތަކާއި ސިއްހީ ސާމާނާއި އެކު މި ފްލޮޓިއްލާ ދަތުރު ފެށީ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ.

ގާތްގަނޑަކަށް 2.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގައި އިސްރާއީލުން ވަނީ ގާތްގަނޑަކަށް 18 އަހަރު ވަންދެން ފުރަބަންސު ކޮށްލާފައެވެ. މި އަހަރުގެ މާޗް މަހުން ފެށިގެން ޒައެނިސްޓުން ވަނީ ބޯޑަރު ހުރަސްކޮށް ކާބޯތަކެއްޗާއި ބޭސް ޑެލިވަރީ ކުރުންވެސް ހުއްޓުވާލާފައެވެ.

ޣައްޒާ ހަނގުރާމަ އަކީ 2023 ގައި ފެށި ހަނގުރާމައެއް ނޫނެވެ. 2023 ގައި ޙަމާސް އިން އިސްރާއީލަށް ޙަމަލާ ދިނީ އެތައް އަހަރެއްގެ ޙަމަލާތަކަށް ކެތް ނުކުރެވިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޒައެނިސްޓުންގެ ޙަމަލާތަކުގައި ޣައްޒާއިން އެކަނި އެއްލައްކަ އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޙަމާސް އިން ބުނެއެވެ.

ފްލޮޓިއްލާމުޒާހަރާއިސްރާއީލްޣައްޒާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

17 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34