Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައެއް މެމްބަރުންނަށް ބަދަލެއް

މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައެއް މެމްބަރުންނަށް ބަދަލެއް

އައިޝަތު ޝިފްނާ ހުސައިން
331 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 14:16
މިއަދުގެ ބައްދަލުުވުމުގެ ތެރެއިން.---ފޮޓޯ: މަޖިލިސް
މިއަދުގެ ބައްދަލުުވުމުގެ ތެރެއިން.---ފޮޓޯ: މަޖިލިސް
ޚުލާސާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުުުުުﷲ ވަނީ މިއަދުގެ ޖަލްސާގައި ގެނައި ބަދަލުތައް އިއުލާން ކޮށްފަައި.

މަޖިލީހުގެ ތިން ކޮމިޓީއެއްގައި ހިމެނޭ ބައެއް މެމްބަރުނަަށް ބަދަލު ގެނެސްފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުުުުުﷲ ވަނީ މިއަދުގެ ޖަލްސާގައި ގެނައި ބަދަލުތައް އިއުލާން ކޮށްފަައި އެވެ. އެގޮތުން ބަދަލު ގެނައީ އިގްތިސޯދީ ކޮމެޓީ އާއި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އާއި ހިއުމަން ރައިޓްސް ކޮމެޓީއަށެވެ.

އޭގެ ތެރެއިން އިގްތިސާދީ ކޮމެޓީއަށް ގެނައި ބަދަލުތަކަކީ އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ބަދަލުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ހަމަޖައްސައިފަ އެވެ.

Advertisement

Advertisement 1

ފީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރުގެ ބަދަލުގައި ކޮމިޓީއަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހަމަޖެއްސިއިރު ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަނީ ހަމަޖައްސައިފަ އެވެ.

އަދި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލްގެ ބަދަލުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރަށް ފެލިދޫ ދާއިރެ މެންބަރު އާދަމް ޒާހިރުގެ ބަދަލުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހަމަޖައްސާފައިވާއިރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ ބަދަލުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ހަމަޖައްސާފަ އެވެ.

އިތުރުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ބަދަލުގައި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން ވަނީ ހަމަޖައްސާފަ އެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43