ބޯހިޔާވަހިކަމުގެ އުންމީދު އާކޮށްދެއްވައި ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރީން 3،000 ޔުނިޓް މާލޭގައި ފައްޓަވާނެކަމަށް

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 2 އޮކްޓޯބަރު 2025 09:18
ކޮންގްރެސް ޕާޓީގެ ހަރުގޭ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ކޮންގްރެސް ޕާޓީގެ ހަރުގޭ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޚުލާސާ

އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަހައްދުގައި އިތުރު 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ފަައްޓަވާނެ ކަމަށް ރައީސް ވިދާޅުވި.

މި އަހަރު ނިމުމުގެ ކުރީން މާލެ ސިޓީގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢު، އެމަނިކުފާނު އިއުލާނު ކުރައްވާފައިވަނީ ގިނަ ބަޔަކު ބައިވެރިވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ އެހީގައި މާލެ ސަރަހައްދުގައި އިތުރު 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ފަައްޓަވާނެ ކަމަށެވެ. މީގެ އިތުރުން، މި އަހަރު ނިމުމުގެ ކުރީން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ފަށަން ނިންމާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ނިމެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތަކާއި ގޯތިތަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެތަންތަން ހަވާލުކުރަމުންދާ ކަމަށާއި އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދެމުންދާ ޔަގީންކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މިރޭ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަކަށް ކުރިން ރޭވިފައި ނެތެވެ. ނަމަވެސް މާފިލާފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވާ އެމަނިކުފާނު ވަނީ ޖަލްސާގައި ބައިވެރިވެ ސަޕޯޓަރުންނަށް "ސަޕްރައިޒް" އެއް ދެއްވާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%