Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގިނަ ބަޔަކާއެކު ޕީއެންސީގެ ހަރުގޭ ޖަލްސާ ފޯރިއާއެކު ފަށައިފި, ޔޫއްޕެއާއެކު ގިނަ އަދަދެއްގެ ބަޔަކު ޕާޓީއާ ގުޅިއްޖެ!

ގިނަ ބަޔަކާއެކު ޕީއެންސީގެ ހަރުގޭ ޖަލްސާ ފޯރިއާއެކު ފަށައިފި, ޔޫއްޕެއާއެކު ގިނަ އަދަދެއްގެ ބަޔަކު ޕާޓީއާ ގުޅިއްޖެ!

އައިޝަތު ރުވާ ރިފްޢަތު
343 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 21:57
ގިނަބަޔަކާއެކު ޕީއެންސީގެ ހަރުގޭ ޖަލްސާ ފޯރިއާއެކު ފަށައިފި
ގިނަބަޔަކާއެކު ޕީއެންސީގެ ހަރުގޭ ޖަލްސާ ފޯރިއާއެކު ފަށައިފި
ޚުލާސާ

މިރޭގެ ޖަލްސާގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އެހެނިހެން ގިނަ އާއްމުން ވަނީ ޕީއެންސީއާ ގުޅި، ޕާޓީގެ މެންބަރޝިޕް ފޯމުތަކުގައި ސޮއިކޮށްފައި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މިރޭ އެ ޕާޓީގެ ހަރުގޭގައި ބާއްވާ ޖަލްސާ، ގިނަ އަދަދެއްގެ ބަޔަކާއެކު ފޯރިއާއި ވަރުގަދަ ތާއީދާއެކު ފަށައިފި އެވެ. މި ޖަލްސާ އިއުލާނުކުރީ ހޯމަދުވަހު ކުއްލި ގޮތަކަށެވެ.

ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު ގުނާލެވޭ ވަރަށް ވުރެ މާ ގިނަ އެވެ. ޕާޓީގެ ހަރުގެއާއި، ހަރުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގު އަދި އާޓިފިޝަލް ބީޗުގެ ބޮޑު ސަރަހައްދެއް ވަނީ މީހުންނާއެކު ފުރި ބާރުވެފަ އެވެ. މިއީ މިފަހުގެ ތާރީހެއްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ހަރުގެ ޕާޓީ އެއްވުމަކަށް މިހައި ގިނަ މީހުން ޖަމާވި ފުރަތަމަ ފަހަރޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ.

މިރޭގެ ޖަލްސާ ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އެހެނިހެން ގިނަ އާއްމުން ވަނީ ޕީއެންސީއާ ގުޅި، ޕާޓީގެ މެންބަރޝިޕް ފޯމުތަކުގައި ސޮއިކޮށްފަ އެވެ.

Advertisement

Advertisement 1

އެގޮތުން، މި ޖަލްސާގައި ޕީއެންސީގެ އިސް ބޭފުޅުންގެ ތެރެއިން ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހާއި، މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ޖަލްސާގައި ފުރަތަމަ ވާހަކަފުޅު ދެއްކެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ، އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕާޓީގެ މިފަދަ ހަރަކާތަކަށް އެހައި ގިނަ ބޭފުޅުން ވަޑައިގަތުމަކީ، އެ ޕާޓީގެ މެންބަރުން އިތުރުވީ ސައްހަ ފޯމުތައް ފުރައިގެންކަން ސާބިތުވާ ކަމަމަށެވެ.

މިރޭ ބާއްވާ ޖަލްސާގައި، ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ވަރުގަދަ ރައްދުތަކެއް ދިނުމަށް ތައްޔާރުވެފައިވެއެވެ. ހާއްސަކޮށް، "ލޫޓުވާލައިފި" ނަމުގައި އެމްޑީޕީން ބާއްވާ އެއްވުމާ ގުޅޭގޮތުން ކޮންގުރެސްގެ އިސް ބޭފުޅުން ތޫނު ރައްދުތައް ދެއްވާނެ އެވެ.

ޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

3 ދުވަސް ކުރިން - 08:40

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

10 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ދުވަސް ކުރިން - 08:31

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

22 ދުވަސް ކުރިން - 12:53

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

34 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

34 ދުވަސް ކުރިން - 08:44