Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ އަށް ވަދެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް! މި ކުރަނީ ހިއްވަރު: ފްލޮޓިއްލާ

ޣައްޒާ އަށް ވަދެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް! މި ކުރަނީ ހިއްވަރު: ފްލޮޓިއްލާ

ޢަބްދުﷲ ޖުނައިދު
342 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 17:37
ޕްރޮގްރެސިވް އިންޓަނޭޝަނަލްގެ ކޯ ޖެނެރަލް ކޯޑިނޭޓަރު ޑޭވިޑް އެޑްލަރ; އޭނާ ބުނީ އިޓަލީއިން ލަފާ ދެނީ ޣައްޒާ އަށް ނުވަނުމަށް ކަމަށް.
ޕްރޮގްރެސިވް އިންޓަނޭޝަނަލްގެ ކޯ ޖެނެރަލް ކޯޑިނޭޓަރު ޑޭވިޑް އެޑްލަރ; އޭނާ ބުނީ އިޓަލީއިން ލަފާ ދެނީ ޣައްޒާ އަށް ނުވަނުމަށް ކަމަށް.
ޚުލާސާ

ފްލޮޓިއްލާގެ އުޅަނދުތަކުގެ މުވާޞަލާތީ ނިޒާމަށް ބުރޫ އަރުވައި އިސްރާއީލުގެ މަނަވަރުތަކުން ބިރުދައްކާތީވެ، އިޓަލީން ވަނީ ޣައްޒާއަށް ނުވަދެ ސައިޕްރަސްގައި ބަނދަރުކުރުމަށް ލަފާ ދީފަ.

ފުރަބަންދު ފޫއަޅުވާލައި ޣައްޒާއަށް ވަނުމަށް މަސައްކަތްކުރާ އުޅަނދުތައް ދަތުރުކުރަމުންދާ މަގު.

ޣައްޒާ ފުރަބަންދު ނައްތައިލުމަށް ބައިނަލްއަޤްވާމީ އެތައް ސަތޭކަ އެކްޓިވިސްޓުންނެއް ދަތުރު ކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ޙަމަލާ ދީފި ކަމަށް ޕްރޮގްރެސިވް އިންޓަނޭޝަނަލްގެ ކޯ ޖެނެރަލް ކޯޑިނޭޓަރު ޑޭވިޑް އެޑްލަރ ބުނެފިއެވެ.

Advertisement

Advertisement 1

ފްލޮޓިއްލާގެ އުޅަނދެއްގައި ޣައްޒާ އަށް ވަނުމަށް ދަތުރުކުރަމުންދާ ފްލޮޓިއްލާގެ އުޅަނދެއްގައި ހުރި އެމެރިކާގެ އިކޮނޮމިސްޓް އަދި އެކްޓިވިސްޓް އެޑްލަރ ބުނީ ޔަހޫދީ ކަނޑުގެ މަނަވަރުތަކުން ވަނީ އެމީހުންނަށް ހުރަސް އެޅުމަށް ކެމިކަލް ސްޕްރޭކޮށް، މުވާޞަލާތީ ސިގްނަލްތައް ވެސް ކަނޑާލާފައެވެ. އެހެންނަމަވެސް މަސައްކަތް މި ކުރަނީ ހިއްވަރާއި އެކު މިޝަން ކާމިޔާބު ކުރުމަށް ކަމަށާއި، ޣައްޒާ އަށް ނުވަދެވުނަސް މި ދަތުރުން ވަރަށް ގިނަ ކާމިޔާބީތައް ޙާޞިލް ކުރެވިއްޖެ ކަމަށް ކޯޑިނޭޓަރު ބުނެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ގްރީސްގެ ކަނޑުގެ ސަރަހައްދުން ވެސް ފްލޮޓިއްލާ ދަތުރުކުރިއިރު އިސްރާއީލުގެ ޑްރޯންތަކުން ވަނީ ހުރަސް އެޅުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެތައް އުޅަނދެއްގެ ކައިރިޔަށް ޙަމަލާތައް އަމާޒުކޮށް ބިރު ދެއްކިއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

44 ގައުމަކުން ފަންސާހަކަށް ވުރެ ގިނަ އުޅަނދު ބައިވެރިވި މި މިޝަންގައި ޑޮކްޓަރުންނާއި ދީނީ އިލްމުވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ނޫސްވެރިންވެސް އެބަތިއްބެވެ.

ފަލަސްޠީނަށް ކަނޑައަޅާފައިވާ އދ.ނގެ ޚާއްޞަ މަންދޫބު ފްރާންސެސްކާ އަލްބަނީޒާއި ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ ގްލޕބަލް ޞުމޫދު ފްލޮޓިއްލާ އަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އިސްރާއީލަށް ޑިމާންޑްކޮށްފައެވެ. މީގެ އިތުރުން ސްޕޭނާއި އަޔަލޭންޑާއި، އަދި އިތުރު 14 ގައުމެއްގެ ފޮރިން މިނިސްޓަރުން ވަނީ ފްލޮޓިއްލާ ހުއްޓުވައިފިނަމަ ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމުގެ އިންޒާރުދީ ބާރުގެ ބޭނުން ނުކުރުމަށް އިސްރާއީލަށް އިލްތިމާސްކޮށްފައެވެ.

ފްލޮޓިއްލާ މިހާރު އޮތީ ޣައްޒާ އާއި ގާތްގަނޑަކަށް 120 ނޯޓިކަލްމޭލަށް ވުރެ ވެސް ކައިރީގައި ކަމަށް ޚަބަރުތައް ލިބެއެވެ. އިޓަލީން ވަނީ 150 ނޯޓިކަލް މޭލު ކައިރިޔަށް އާދެވުމުން ފްލޮޓިއްލާގެ ބޯޓުތަކާއި އެކު އެކު ނުދާނެ ކަމަށް ބުނެ ސައިޕްރަސް އަށް އުޅަނދުތައް ވަނުމަށް ލަފާ ދީފައެވެ.

ފްލޮޓިއްލާޣައްޒާ
Advertisement
Advertisement

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

4 ދުވަސް ކުރިން - 14:55

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

17 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

27 ދުވަސް ކުރިން - 14:25

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައިފި؛ ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައި ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

30 ދުވަސް ކުރިން - 07:41