Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސްކުރުމުގެ މަޝްވަރާ ނިމިއްޖެ: ސަފީރު

ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސްކުރުމުގެ މަޝްވަރާ ނިމިއްޖެ: ސަފީރު

އައިޝަތު ޝިފްނާ ހުސައިން
297 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 14:55
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންހުއާ.--ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންހުއާ.--ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޚުލާސާ

އެ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭން ނިންމައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ހާމަކޮށްފައި.

ޗައިނާއަށް ރާއްޖެއިން ދައްކަން ޖެހެ ލޯނުތައް ދެއްކުން ފަސްކުރުމުގެ މަޝްވަރާ ނިމިފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ބުނުއްވައިފި އެވެ.

ސަފީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ކުރިއެރުން ހޯއްދަވައިދެއްވުމަށާއި، ރައްޔިތުންގެ ލާބައާއި މަންފާ އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގްވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދާ ކުރައްވާ ކަމަށެވެ. އަދި ޗައިނާ އިން އެ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ ސަފީރުގެ މެސެޖުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ގައުމީ ތަރައްގީގެ މަގަށް ވާސިލުވުމަށާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި ހަރަކާތްތެރިކަމާއެކު މަސައްކަތްކުރުމަށް އެހީތެރިވެދޭނެ ކަމުގައި ވިދާޅުވި އެވެ.

Advertisement

Advertisement 1

އެ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭން ނިންމައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ހާމަކޮށްފަ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ބޭރުގެ ދަރަނި ދެއްކުމަށްޓަކައި އެންމެ ބޮޑު އެއްޗެއް އެހީގެ ގޮތުގައި އަބަދުވެސް ދެއްވާ ދެ ގައުމަކީ ޗައިނާ އިންޑިއާ ކަމަށާއި، އެ ދެ ގައުމުގެ ސަރުކާރުން މި ގައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމަށް އެހީތެރިކަން ދެއްވަވާ ކަމަށެވެ.

"ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ނުދައްކާ، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކާއި ލޯނުތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމާ ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި،". ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެކަމުގެ ފަންނީ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

ޗައިނާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

15 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04