
އިސްރާއީލުގެ ހަނގުރާމަމަތީ މަނަވަރެއް ހަތިޔާރާއި އެކު މިވަގުތު ދަނީ ފްލޮޓިއްލާގެ އުޅަނދުތަކާއި ކުރިމަތިލަމުން: ދަތުރު ހުއްޓައިލުމަށް އިޓަލީވިލާތުން ދިޔަ ބޯޓުން ދަނީ ބާރު އަޅަމުން.
ގްލޯބަލް ޞުމޫދު ފްލޮޓިއްލާ ޣައްޒާ ކައިރީގައި އޮންނަ ހައި ރިސްކް ޒޯނަށް ވަނުމާއި އެކު އިސްރާއީލުގެ ހަނގުރާމަމަތީ މަނަވަރުތަކާއި ޑްރޯންތަކުން ބައިނަލްއަޤްވާމީ ގާފިލާ އަށް ބިރުދައްކައި ހުރަސް އަޅަން ފަށައިފި ކަމަށް ޚަބަރު ލިބިއްޖެއެވެ.
އެއްވެސް ބޯޓަކަށް އަމާޒުކޮށް އަދި ޙަމަލާއެއް ދީފައިވާ ކަމެއް ސީދާ ކަށަވަރެއް ނުވެއެވެ. ނަމަވެސް، ނުރައްކަލެއް ދިމާވުން ގާތް ކަމަށް ބެލެވޭތީ އިޓަލީވިލާތުން މިހާރު ބާރު އަޅަނީ ޣައްޒާއަށް އެއްވެސް ބޯޓެއް ނުވަނުމަށެވެ.
ހައި ރިސްކު ޒޯނުގައި ފްލޮޓިއްލާ މިވަގުތު ދަތުރުކުރަމުންދާއިރު މި ސަރަޙައްދަކީ މީގެ ކުރިން ވެސް ފްލޮޓިއްލާގެ އުޅަނދުތަކަށް އިސްރާއީލުން ޙަމަލާ ދިން ސަރަޙައްދެވެ.
އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ހިމެނޭ ގޮތަށް ފްލޮޓިއްލާ އިންތިޒާމްކުރާ ފަރާތްތަކުން ދަނީ ޣައްޒާ އަށް ވަނުމަށް އެމީހުން ފަށާފައިވާ މިޝަން ހުއްޓުވުމަށް ބާރުއަޅާފައިކަން ފާހަގަ ކުރެވެއެވެ.
ފްލޮޓިއްލާގެ އޮބްޒާވަރު ބޯޓުގައި ދިވެއްސަކު ވެސް ޙަރަކާތްތެރިވަމުން އެބަ ދެއެވެ. އެއީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ (ބޮޑޭ) އެވެ. ނަމަވެސް އޭނާ އާއި އަދި ގްރައުންޑް އޮޕަރޭޝަނުގައި ޙަރަކާތްތެރިވާ އަޒްހަދަށް ވެސް ޚުލާޞާއިން ގުޅީމެވެ. ނަމަވެސް އެ ދެމީހުންގެ ފޯނަށް ވެސް ނެޓްވޯކް ނުލިބޭތީވެ، ދަތުރު އިތުރަށް ކުރިޔަށް ދާނެ ގޮތަކާއި ބެހޭ އިތުރު މަޢުލޫމާތެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.









