ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި އިސްރާއީލަށް ތާއީދުކޮށް، ޒައެނިސްޓުން ޕްރޮމޯޓް ކުރުމަށް ލިޔާ ވާހަކަތަކަށް ސޯޝަލް މީޑިއާ އިންފްލުއެންސަރުންނަށް ކޮންމެ ޕޯސްޓަކަށް 7،000 ޑޮލަރާއި ހަމައަށް ފައިސާ ދޭން ފަށައިފިއެވެ. މިއީ ޣައްޒާ މައްސަލައިގައި އިސްރާއީލު ދެކެ މީހުން ރުޅި އައިސް ނަފްރަތުކުރާތީވެ، ޔަހޫދީން ކުރަމުންދާ މަސައްކަތެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން، މި އަހަރުގެ ޖޫން މަހުން ފެށިގެން އަންނަ މަހާއި ހަމަޔަށް ކުރިއަށް ގެންދާ “އިންފްލޫއެންސަރ ކެމްޕޭނަށް” ގާތްގަނޑަކަށް 900،000 ޑޮލަރު ކަނޑައަޅާފައިވެއެވެ.
އެމެރިކާގެ އިންފްލުއެންސަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ޒައެނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޓިކްޓޮކް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކަކީ އިސްރާއީލަށް ތާއީދު ހޯދުމަށް ބޭނުންކުރަން ޖެހޭ އެންމެ މުހިންމު ހަތިޔާރު ކަމަށެވެ. ވުމާއި އެކު މި މަޤްޞަދު ޙާޞިލް ކުރުމަށް އެލޮން މަސްކާއި ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ. 
މި އަހަރުގެ މެދުތެރޭގައި އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ ކަނާތުފިޔައިގެ ނުފޫޒުގަދަ 16 އިންފްލުއެންސަރުން ވެސް ގަނެލާފައެވެ. ބޭނުމަކީ އެމެރިކާގެ ޒުވާނުން އިސްރާއީލާއި ދެކޮޅަށް މުޒާހަރާކޮށް ނަފްރަތު ކުރާތީވެ އެމެރިކާގައި އިސްރާއީލަށް އޮތް ތާއީދު ގެއްލުމާއި ގުޅިގެން އެކަން ބަދަލުކުރުމަށެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުގައި ކޮންމެ މަހަކު 14-19 އާއި ދެމެދުގެ ޢަދަދަކަށް އިންފްލުއެންސަރުން ހޯދައި އެމީހުންނަށް އިސްރާއީލުން ދަނީ ފައިސާ ދެމުންނެވެ.
ހައްދުފަހަނަ އެޅި ޝައިޠާނީ އިސްރާއީލު ސަރުކާރުން އިންފްލުއެންސަރުން ބޭނުންކުރަނީ ޙަޤީޤަތްތައް ފޮރުވައި ދޮގު މައުލޫމާތު ފެތުރުމަށެވެ.









