Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިން ހައިރިސްކު ޒޯނަށް މިރޭ ވަންނަނީ

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިން ހައިރިސްކު ޒޯނަށް މިރޭ ވަންނަނީ

ޢަބްދުﷲ ޖުނައިދު
343 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 03:17
ކުއްލި ޚަބަރު: ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިން ހައިރިސްކު ޒޯނަށް މިރޭ ވަންނަނީ
ކުއްލި ޚަބަރު: ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިން ހައިރިސްކު ޒޯނަށް މިރޭ ވަންނަނީ
ޚުލާސާ

މިހާރު ދަތުރުކުރަމުންދާ ބާރުމިނަށް ބަލާއިރު ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޣައްޒާގެ ބަނދަރަށް ބައިނަލްއަޤްވާމީ އެކްޓިވިސްޓުންގެ ފައުޖަށް ކައިރިކުރެވޭނެ.



ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބޯޓުތައް ޣައްޒާ އާއި ކައިރިވަނީ: ބޯޓުތަކަށް އިސްރާއީލް ސިފައިން ހުރަސް ނާޅައިފި ނަމަ ލަފާ ކުރެވޭ ގޮތުގައި ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޣައްޒާގެ ބަނދަރަށް ބޯޓުތަކަށް ކައިރިކުރާނެ.

އިސްރާއީލުން ޣައްޒާގެ މުސްލިމުން ފުރަބަންދުކޮށްފައި ވާތީވެ އިސްރާއީލަށް ޕްރެޝަރުކުރުމަށް ބައިނަލްއަޤްވާމީ އެކްޓިވިސްޓުންނާއި އެކު ދަތުރުކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ 44 އުޅަނދެއް މިރޭ ބޮޑު ފަތިހު ހައިރިސްކު ޒޯނަށް ވަންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

Advertisement

Advertisement 1

ފްލޮޓިއްލާގެ އުޅަނދުތައް މިވަގުތު ދަތުރުކުރަމުންދާ ބާރުމިނަށް ބަލާއިރު ރާއްޖޭގެ ގަޑިން ހެނދުނު 8 އާއި 10 އާއި ދެމެދުގެ ވަގުތެއްގައި އިސްރާއީލުގެ ކޯސްޓުގާޑާއި ޑްރޯންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ މި ޙަރަކާތުގައި ރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑުން ވެސް ޙަރަކާތްތެރިވެއެވެ. އެ ޖަމްޢިއްޔާގެ ޗެއާމަން ވިދާޅުވީ އެ ޙަރަކާތުގައި އިބްރާހީމް ޝާޒް (ބޮޑޭ) އާއި އަޒްހަދު އުޅޭ ކަމަށެވެ.

އަޒްހަދާ.އި ޝާޒް

ޚަބަރު ލިބޭ ގޮތުގައި މިވަގުތު 44 ވަރަކަށް އުޅަނދު އޮތީ ޣައްޒާ އާއި ގާތްގަނޑަކަށް 175 ނޯޓިކަލް މޭލު ކައިރީގައެވެ. ބައިނަލްއަޤްވާމީ ޚަބަރުތައް ބުނާ ގޮތުގައި އޮރެންޖް ލައިންގެ ނަމުން މަޝްހޫރު ހައި ރިސްކް ޒޯން ފެށެނީ ޣައްޒާގެ އައްސޭރިފަށުން ގާތްގަނޑަކަށް 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) ސަރަހައްދުންނެވެ.

މި ވަގުތުވެސް އިސްރާއީލުގެ ޑްރޯންތަކާއި ކަނޑުގެ ލަޝްކަރު ތައްޔާރީ ޙާލަތުގައި ތިބި އިރު، ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައި މުޅި ދުނިޔެ އޮތްކަން އެންގުމަށްޓަކައި ދަތުރުކުރަމުންދާ މި އުޅަނދުތައް މި ޒޯނަށް ވަނުމުން ޔަހޫދީންގެ ޙަމަލާތައް އައުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެކި މީޑިއާތަކުން ދަނީ ބުނަމުންނެވެ. އަނެއްކޮޅުން ދެންމެ ތުރުކީގެ ޤައުމީ ޓީވީން ބުނީ ފްލޮޓިއްލާގެ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ޤައުމުން ތިން އަސްކަރީ ޑްރޯން ފޮނުވާފައިވާ ކަމަށާއި، އިޓަލީ ވިލާތުން އައި ބޯޓު ހައިރިސްކު ޒޯނަށް ފްލޮޓިއްލާ ވަނުމުގެ ކުރިން އަނބުރާ އިޓަލީ އާއި ވީ ކޮޅަށް މިޞްރާބު ޖަހާނެ ކަމަށެވެ. 

އިޓަލީ ވިލާތުން އައި ބޯޓަކީ ފްލޮޓިއްލާގެ ދަތުރުވެރިންނަށް ބައިނަލްއަޤްވާމީ ޤާނޫނު ހުއްދަކުރާ ކަނޑުގެ ސަރަޙައްދުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އައި އުޅަނދެކެވެ. ބޮޑޭ ވެސް ހުރީ އިޓަލީވިލާތުން ފުރައިގެން އައި ބޯޓެއްގައި ކަމަށް ވާތީވެ، ޤަބޫލުކުރެވެނީ ފްލޮޓިއްލާގެ “އޮބްޒާވާ” އުޅަނދުގައި ބޮޑޭ ޙަރަކާތްތެރިވާއިރު، ހައިރިސްކު ޒޯނަށް އޭނާ ހުރި އުޅަނދު ނުވަންނާނެ ކަމަށެވެ. ސަބަބަކީ އިންޓަރނޭބަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން މީގެ ކުރިން ވިދާޅުވެފައި ވަނީ އެއްވެސް ދިވެއްސަކު ޣައްޒާއަށް ފްލޮޓިއްލާގެ އުޅަނދެއްގައި ނުދާނެ ކަމަށެވެ. ނަމަވެސް ކަނޑުމަތީގައި ކަންކަން ކިޔައިދިނުމަށް ޙަރަކާތްތެރިވާނެ ކަމަށެވެ.

ފްލޮޓިއްލާގެ ބައިވެރިން ދަތުރުކުރަމުންދާ ބޯޓުތައް މިހާރު ދަތުރުކުރަމުންދާ ބާރުމިނަށް ބަލާއިރު ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޣައްޒާގެ ބަނދަރަށް ކައިރިކުރެވޭނެ ކަމަށް ބެލެވެއެވެ.

ފްލޮޓިއްލާކުއްލި ޚަބަރުޣައްޒާ
Advertisement
Advertisement

6 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލިދީދީ

343 ދުވަސް ކުރިން - 10:04

މަރުހައްބާޓީމައް

ގުޅޭ ޚަބަރުތައް

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

2 ދުވަސް ކުރިން - 13:44

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

14 ދުވަސް ކުރިން - 23:28

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34