Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެއްބާރުލުންދޭ: ރައީސް

ޗައިނާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެއްބާރުލުންދޭ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
343 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2025 20:53
ޗައިނާގެ 79ވަނަ އަހަރީ ދުވަހާއި އެ ޤައުމުގެ "މިޑް އޯޓަމް" ފެސްޓިވަލް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ 79ވަނަ އަހަރީ ދުވަހާއި އެ ޤައުމުގެ "މިޑް އޯޓަމް" ފެސްޓިވަލް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ހިޔާރުކުރުމަކީވެސް ދެ ޤައުމުގެ ގުޅުމުގެ ރަމްޒެއްކަަމަށާއި ފަތުރުވެރިކަމުގެ ދާއިރާ ވެފައިވަނީ ދެ ޤައުމުގެ ރައްޔިތުން ގުޅުވައިދޭ ބުރިޖެއްކަމަށް ރައީސް ވިދާޅުވި

ބައިނަލްއަގުވާމީ މައިދާނުގައި ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް ޗައިނާއިން އަބަދުވެސް އެއްބާރުލުންދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާގެ 79ވަނަ އަހަރީ ދުވަހާއި އެ ޤައުމުގެ "މިޑް އޯޓަމް" ފެސްޓިވަލް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސް އަލްއުސްތާދް ހުސައިން މުހައްމަދު ލަތީފެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ހިމެނޭހެން ކުދި ޤައުމުތަކުން ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ޗައިނާއަކީ އަބަދުވެސް އެއްބާރުލުން ދެއްވާ ޤައުމެއް ކަމަށެވެ. އަދި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްގުތައް ހިމާޔަތް ކުރުން ޗައިނާއިން ޗެމްޕިއަންކުރަމުންދާ ކަމަށާއި ހަމަހަމަކަން ގާއިމްކުރުމަށް ރާއްޖެއާއެކު ކުރަމުންގެންދާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި 2 ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގެ މައްޗަށް އޮތް ގުޅުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުމަކީ ހިއްސާކުރެވޭ ތަޖުރިބާ އާއި ގާތް އެކުވެރިކަމުގެ ސަބަބުން އުފެދުނު އިތުބާރުގެ މައްޗައް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަން ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުންނާއި ވިޔަފާރިއާއި ތަޢުލީމާއި ސަގާފީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޗައިނާގެ 79ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އެނީ އެ ޤައުމުގެ ރައީސް ޝީ ޖިންގ ޕިންގއާއި ސަރުކާރަށް އަދި ރައްޔިތުންނަށް މަރުހަބާޔާއި ތަހުނިޔާ ވިދާޅުވެފަ އެވެ.

ޗައިނާގެ ޒަމާންވީ ތާރީހަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ ކެތްތެރިކަމާއި ތަޞައްވުރާއި، އިންސާނީ ރޫޙުގެ ޤާބިލު ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ.

ދެ ޤައުމުގެ ގުޅުމުގެ ހެކިތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުޖުތަމައުތައް ގުޅުވާލަދޭ ބްރިޖާއި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެދޮރުވެރިކަމާއި އަންނަން އޮތް ޖީލުތައް ތަރުބިއްޔަތު ކުރާ ކްލާސްރޫމްތަކަކީ ދެ ޤައުމުގެ ގުޅުމުގެ ހެއްކެއް ކަމަށެވެ.

ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ހިޔާރުކުރުމަކީވެސް ދެ ޤައުމުގެ ގުޅުމުގެ ރަމްޒެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ވެފައިވަނީ ދެ ޤައުމުގެ ރައްޔިތުން ގުޅުވައިދޭ ބްރިޖަކަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

1 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

1 ދުވަސް ކުރިން - 16:05