Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދޮގު ލިޔުންތަކުން ޒުވާނުންނާއި ސަރުކާރާ ނުޖެއްސޭނެ!

ދޮގު ލިޔުންތަކުން ޒުވާނުންނާއި ސަރުކާރާ ނުޖެއްސޭނެ!

މުހައްމަދު ޖަމްޝަތު
299 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 23:55
(ހުލާސާ ގްރެޕިކްސް)
(ހުލާސާ ގްރެޕިކްސް)
ޚުލާސާ

އެމްޑީޕީން ހާސިލުކުރަން އުޅެނީ ސިޔާސީ މަންފާ. ޒުވާނުން ޓޫލް އަކަށް ބޭނުންކޮށްގެން ޕާޓީ އަލުން ދިރުވަން ފަތުރަނީ ބުހުތާން ދޮގު. އެމްޑީޕީގެ މަގުސަދަކީ ގައުމު ހަލަބޮލިކޮށްލުން.

ސިޔާސީ މީހުން ގައުމު ހަލަބޮލިކޮށްލަން އަބަދުވެސް ބޭނުންކުރާ ބަޔަކީ ޒުވާނުންނެވެ. ތާރީހަށް ނަޒަރު ހިންގާލުމުން އެކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެއިރެއްގައި އޮންނަ ސަރުކާރެއް ވައްޓާލަން ނުވަތަ ގައުމު ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލުމަށް އެމީހުން ޒުވާނުން ސިޔާސީ އައްޑަނެއްގެ ގޮތުގައި ބޭނުންކުރެ އެވެ. 

އެ މަގުން އަނެއްކާވެސް ސިޔާސީ ފަރާތްތަކެއް ފަހަތުގައިތިބެ، ޒުވާނުންތަކެއް ރުޅިއަރުވައި، ސަރުކާރާ ދެކޮޅުކުރުމަށް މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. އެގޮތުން ޒުވާނުންތަކެއް ހައްޔަރުކޮށް، މުދާ ހިފަހައްޓައި، ބޭންކް އެކައުންޓްތައް ފްރީޒްކުރަންއުޅޭ ކަމަށްބުނެ ސޯޝަލްމީޑިއާގައި ލިޔުންތަކެއް މި މީހުން އަންނަނީ ދައުރުކުރަމުންނެވެ. މިތަކެތި ދައުރުކުރަމުން އަންނަނީ، ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ އެވެ. ސޯޝަލްމީޑިއާގައި ފޮރުވިގެންތިބެ ބަޔަކު ފަތުރަމުންދާ މި ލިސްޓާއެކު ބުނެފައިވަނީ މި ލިސްޓަކީ ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އަމުރަށް، ފުލުހުން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ. ނަމަވެސް ލިސްޓުގެ ހަގީގަތް ހޯދުމަށް ކުރި މަސައްކަތުން އެނގުނީ މި ލިސްޓަކީ އަދުގެ ހޯމް މިނިސްޓަރާއި، އަދި މި ސަރުކާރާއިވެސް ގުޅުމެއް އޮތް ލިސްޓެއް ނޫންކަމެވެ.

މި ލިސްޓުގެ އަސްލު ގޮސް ގުޅެނީ އެމްޑީޕީ ސަރުކާރާ

Advertisement

Advertisement 1

'ހުލާސާ' އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މި ލިސްޓަކީ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މީހުންތަކެއް ހިމަނައިގެން އެކުލަވާލި "މަރު ކޮމިޝަން"ގެ އެދުމަކަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ތައްޔާރުކުރި ލިސްޓެކެވެ. އެގޮތުން މި ލިސްޓު ތައްޔާރުކޮށްދިނުމަށް އެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއަކުން، 16 ޖޫން 2019 ގައި އެދިފައިވަނީ، ހަމަ އެ ސަރުކާރުގެ ތެރޭގައި މަތިމަތިން ގިނަ ޕްރޮމޯޝަންތަކެއް ލިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވި ހުސްނުއް ސުއޫދު އެވެ.

ލިސްޓު ތައްޔާރުކުރުމަށް މަރުކޮމިޝަނުން ފޮނުވި ސިޓީ---

މި ނޫހަށް އެ ސިޓީގެ ކޮޕީއެއް ލިބިފައިވާއިރު، އެ ސިޓީގައި އޮތީ 2014 ވަނަ އަހަރުން ފެށިގެން މާލޭގައި ހަރަކާތްތެރިވަމުންދާ 'ގުރޫޕް' އަކަށް ނިސްބަތްވާ ނުވަތަ އެ 'ގުރޫޕް' ތަކުގައި ހަރަކާތްތެރިވި މީހުންގެ ޓާގެޓް ޕްރޮފައިލް ޑިޖިޓަލް ކޮޕީއެއް ތައްޔާރުކޮށްދިނުމަށް އެދޭކަމަށެވެ.

މަރު ކޮމިޝަނަކީވެސް ސިޔާސީ "ޓޫލް" އެއް

މި ބުނެވުނު މަރު ކޮމިޝަނަކީ އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރުވެސް އެކަށީގެންވާ ކުރިއެރުންތަކާއި ނަތީޖާތަކެއް ނުނެރެވި، އެ ސަރުކާރުން ސިޔާސީ ގޮތުން އެކި ފަރާތްތަކަށް ބިރު ދެއްކުމަށް ބޭނުންކުރި ކޮމިޝަނެކެވެ. އެމްޑީޕީގެ ވެރިކަމުގައި އެ ކޮމިޝަނަށް އައްޔަންކުރެއްވި ހުރިހާ ފަރާތްތަކަކީވެސް ސިޔާސީ މަސައްކަތުގައި އުޅުނު މީހުންނެވެ. ކޮމިޝަންގެ ރައީސްއަކަށް ފުރަތަމަ އައްޔަންކުރި ހުސްނުއްސުއޫދުން ފެށިގެންގޮސް، ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސްއާ ހަމައަށްވެސް ކަން އޮތީ މި މަގުންނެވެ. ކޮމިޝަންގެ މެމްބަރުކަން ކުރައްވަމުން، މިސްބާހު ކުރެއްވި މަސައްކަތަކީ ނޫސްވެރިކަމުގެ ތެރެއިން އެ ސަރުކާރު ޕްރޮމޯޓްކޮށް ސަނާކިއުމުގެ މަސައްކަތްކަން، އޭރުގެ ހަބަރުތަކުގެ ސުރުހީތައް ބަލާލުމުން އެއޮތީ ފެންނަނާށެވެ. ސުއޫދަށްފަހު ކޮމިޝަންގެ ރައީސްކަމަށް ވަޑައިގެންނެވި ފަރީޝާ އަބްދުﷲއަކީ ފެށުނީއްސުރެ އެމްޑީޕީއަށް ގާނޫނީ ވަކީލުކަން ކޮށްދެއްވަމުންގެންދެވި ބޭފުޅެކެވެ.

އެ ކޮމިޝަންގެ މިނިވަންކަމާއި، މުސްތަގިލުކަން އޮތް ހިސާބަކީ މިއީ އެވެ. ދެން އޮތީ އެމްޑީޕީ ސަރުކާރުގެ 'މަރު ކޮމިޝަން'ގެ ބޭނުމަށް ތައްޔާރުކުރި ރިޕޯޓެއް ލީކުވީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. އަޅުގަނޑުމެން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މި ރިޕޯޓް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހުންނެވީ، އެމްޑީޕީ ސަރުކާރުގެ ތެރޭގައި ފުލުހުންގެ އިދާރާގައި އެކިއެކި މަސައްކަތް ކޮށްދިނުމަށް ހަރަކާތްތެރިވިކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ، އޭރުގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ. މި ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ ސީދާ ރިޔާޒުގެ ބެލުމުގެ ދަށުންކަން ވަނީ މަސްދަރުތަކުން ކަށަވަރުވެފަ އެވެ.

އިންޓެލް ވިއްކީ އޭސީޕީ ރިޔާޒު؟

އޭސީޕީގެ ރިޔާޒުގެ މައްޗަށް އިތުރު ބޮޑު ތުހުމަތެއްވެސް ކުރެވެ އެވެ. އެނގިފައިވާގޮތުގައި ސިޔާސީ މީހުންނާއި، ނުފޫޒު ގަދަ މީހުންގެ މެދުގައި ރިޔާޒު މަޝްހޫރުވެފައިވަނީ 'އިންޓެލް ރިޕޯޓް ވިއްކާ' މީހެއްގެ ގޮތުގަ އެވެ. މިކަމުގެ ތެދު ދޮގެއް އެނގޭނީ ރިޔާޒްއާ އެ ސިޔާސީ މީހުންނަށެވެ. ނަމަވެސް އެމްޑީޕީން ބޮޑު އެއްވުމަކަށް ތައްޔާރުވެ، މަގުތައް ހަލަބޮލިކުރަން ރާވަމުންދާ ވަގުތެއްގައި ކުއްލި ގޮތަކަށް މިފަދަ ރިޕޯޓެއް އާންމުވުމުން، މިކަމުގައި ހަރަކާތްތެރިވާ މީހުންނަކީ ކޮބައިކަން އެބަ ސާފުވެ އެވެ. އޭސީޕީ ރިޔާޒަކީ މިފަދަ ގިނަ ތުހުމަތުތަކަކާއި ގުޅިގެން، ފުލުހުންގެ އެންމެ އިސް ސަފުގެ، އިންޓަލް ރިޕޯޓްތައް ފަދަ ސިއްރު މައުލޫމާތުތައް ނުލިބޭ ހިސާބަށް، މި ސަރުކާރުގެ ވަރަށް ކުރީ ކޮޅުގައި އެއްފަރާތް ކޮށްފައިވާ މީހެކެވެ. އެގޮތުން މިހާރު އޭނާ އިންނަވަނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގަ އެވެ.

އަސްލު މަގުސަދަކީ ދޮގާއި ވަހުމުގައި ޖައްސައި ޒުވާނުން ވާ ވައްދައިގެން ސިޔާސީ މަންފާއެއް ހާސިލުކުރުން

ކޮންމެއަކަސް ސޯޝަލްމީޑިއާގައި ފޮރުވިގެންތިބެ ހިންގާ ވަގު އެކައުންޓްތައް ހިންގާ، އެފަދަ ތަކެތި ބޭނުންކޮށްގެން ދޮގު ވާހަކަތައް ފަތުރަނީ ކޮންބައެއްކަން، މިފަދަ ކަންކަމުގެ ސަބަބުން ސާފެވެ. މަގާމުގެ ބާރާއި އާރު ގެއްލުމުން، ގައުމުގައި ހަމަނުޖެހުން އުފެއްދައި ނަފުރަތުގެ ހުޅުރޯކުރުމަށް ދޮގު ވާހަކަ ފަތުރައި ހަލަބޮލި ކުރަން އުޅެނީ އަމިއްލަ ސިޔާސީ ފައިދާއަށްކަން ކަށަވަރެވެ.

މި ދޮގު ލިޔުންތައް އާންމުކޮށްފައިމިވަނީ އެމްޑީޕީގެ ސަރުކާރުގައި ކޮށްފައިވާ ވައްކަންތައް ހާމަވާންފެށުމުން އެ ވާހަކަތަކަށް ފަސްއެޅުމުގެ ބޭނުމުގަ އެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓުން، އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ބޮޑެތި ވައްކަންތައް އެހެރީ ރަށުމެދަށް ފެންނާށެވެ. ރައްޔިތުންގެ ފައިސާ ބިރަކާ ނުލާ އެމްޑީޕީ ސަރުކާރުގައި ލޫޓުވާލި ގޮތް އޮޑިޓް ރިޕޯޓުގައި ސާފުކޮށް އެވަނީ ކިޔައިދީފަ އެވެ.

މިވާހަކަތަކަށް ފަސްއެޅުމަށް، އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ލިސްޓަކީ މިހާރުގެ ސަރުކާރުން އެކުލަވާލާފައިވާ އެއްޗެއްކަމަށް ބުނެ ދޮގު ވާހަކަ ފެތުރިނަމަވެސް، އެމްޑީޕީ ސަރުކާރުގެ އަސްލު ސިފަ މިއަދު މިއަންނަނީ ސާފުވަމުންނެވެ. އެ މީހުންގެ އަސްލު މަގުސަދުވެސް މިއަދު މި އޮތީ ސާފުކޮށް ފެންނާށެވެ.

ސިޔާސީއެމްޑީޕީ
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހުލާސާ

299 ދުވަސް ކުރިން - 00:05

މުއިއްޒުގެ ތައްޕާހުން!

ގުޅޭ ޚަބަރުތައް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

4 ދުވަސް ކުރިން - 13:19

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

40 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

41 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

41 ދުވަސް ކުރިން - 00:13