މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 21:17
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޚުލާސާ

މެންބަރުން ޗުއްޓީގައި ތިބި ނަމަވެސް، ދައުރުން ބޭރުގައި ބޭއްވުނު ހާއްސަ ޖަލްސާތަކެއްގައި މަޖިލީހުން ވަނީ މީޑިއާ ކޮމިޝަން ބިލާއި، އާންމުންގެ ހިޔާލު ހޯދުމުގެ ޤާނޫނު ވަނީ ފާސްކޮށްފައި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޗުއްޓީ އަށްފަހު، ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ. މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު އެވެ.

އަންނަ ބުރާސްފަތި ދުވަހަށް ތިންވަނަ ދައުރުގެ ޖަލްސާއެއް ތާވަލު ކުރި ނަމަވެސް، މި ޖަލްސާގައި ކުރިއަށް ގެންދާނެ ކަންކަން ހިމެނޭ އެޖެންޑާއެއް އަދި ކަނޑައެއް ނާޅަ އެވެ. މަޖިލީހުން ބުނީ ޖަލްސާގެ ކުރިން އެޖެންޑާ އާންމުކުރާނެ ކަމަށެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިމި، މަޖިލީހުގެ މެންބަރުން ޗުއްޓީގައި ތިބި ނަމަވެސް، މި ދުވަސްވަރު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. ދައުރުން ބޭރުގައި ބޭއްވުނު ހާއްސަ ޖަލްސާތަކެއްގައި މަޖިލީހުން ވަނީ މީޑިއާ ކޮމިޝަން ބިލާއި، އާންމުންގެ ހިޔާލު ހޯދުމުގެ ޤާނޫނު ފާސްކޮށްފަ އެވެ. މިއީ ޗުއްޓީގެ ތެރޭގައި ވެސް ގައުމަށްޓަކައި މަޖިލީހުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި ގިނަ މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތާއި، ޓްރޭޑްމާކް ބިލާއި ގުޅޭ މަސައްކަތްތައް ހިމެނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%