Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް 12 އަހަރަށްވުރެ ބޮޑު ޖަލު ހުކުމެއް

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް 12 އަހަރަށްވުރެ ބޮޑު ޖަލު ހުކުމެއް

އައިޝަތު ރުވާ ރިފްޢަތު
299 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 20:39
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް 12 އަހަރަށް ވުރެ ބޮޑު ޖަލުހުކުމެއް މިއަދު ކޮށްފި
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް 12 އަހަރަށް ވުރެ ބޮޑު ޖަލުހުކުމެއް މިއަދު ކޮށްފި
ޚުލާސާ

އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމް މިއަދު ވަނީ ކޮށްފައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން(ގޭސް މާނު)ގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި ހުކުމް އައީ، 2016 ވަނަ އަހަރު، ޕީޕީއެމްގެ ވެރިކަމުގައި އޭނާ މޯލްޑިވް ގޭސްގެ އެމް.ޑީގެ މަޤާމުގައި ހުރިއިރު، ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، އަބްދުﷲ މައުމޫން 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުރިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމް މިއަދު ވަނީ ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ ދައުވާ ސާބިތުވިކަމަށް ކަނޑައަޅުއްވައި، އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

Advertisement

Advertisement 1

ޕީޖީ އޮފީހުން އިތުރަށް ބުނީ، އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ އަނެއް 5 ދައުވާ ހުކުމް އެހެން ދުވަހެއްގައި އިއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރިޝްވަތު ހިފުމުގެ މި މައްސަލަ ދައުވާކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭގެފަހުން، އަބްދުﷲ މައުމޫނަށާއި އޭނާގެ އާއިލާގެ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން ކުރިން ބުނީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި އަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހްޤީޤުތަކުން ހާމަވާކަމަށެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.

ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

74 ދުވަސް ކުރިން - 00:06