ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މިކަމާ ގުޅިގެން ރައީސް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަންނަ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރުތަމަ ދުވަހުން ފެށިގެން މި ލިމިޓް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ. އެހެން ނަމަވެސް މި ލިމިޓް 500 ޑޮލަރަށް ފަހުން ވަނީ ބޮޑުކޮށްފަ އެވެ.
ރައީސްގެ މި ނިންމެވުމާއެކު ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.