Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

4000 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކުރަން ފަށައިފި

4000 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
296 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 10:22
4000 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކުރަން ފެށުން/ ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
4000 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކުރަން ފެށުން/ ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ޚުލާސާ

ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުގައި ކަމަށް އެފްޑީސީން ހާމަކުރި.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އެފްޑީސީން ބުނީ، އިއްޔެ އަމާން އުދަރެސް ޓަވަރު 14ގައި ބޭއްވި ރަސްމިއްޔާތެއްގައި ޓަވަރަށް އާބާދުވާ އެންމެ ފުރަތަމަ ފަރާތަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ތަޅުދަނޑި ހަވާލުކޮށްދެއްވާފައިވާ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި "އަމާން އަތްމަތީ ފޮތް" ވެސް އިފްތިތާހު ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރި އެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވުނު އުސޫލުން، ތަޅުދަނޑި ހަވާލުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ވެސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. ހަމްދާން އިތުރަށް ވިދާޅުވީ މި ނިޒާމުގެ ސަބަބުން ހިދުމަތް ލިބިގަތުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާވެ، ވަގުތާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުގައެވެ. އަދި ތަޅުގަނޑި ހަވާލުކުރުމުގެ މަރުހަލާ އަދި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ އެވެ.

އެފްޑީސީން އިތުރަށް ބުނީ، މިއަދުން ފެށިގެން، ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށާއި، މި ހިދުމަތް ލިބިގަތުމަށްޓަކައި ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިން ހެދުމުގެ ފުރުސަތު ވެސް ހުޅުވާލެވިގެންދާނެ ކަމަށެވެ.

އެފްޑީސީގެ ތަސައްވަރަކީ ރާއްޖޭގެ ސޯޝަލް ހައުސިން ވަކި ސްޓޭންޑަޑެއްގައި ހިފަހައްޓައި، ހައުސިން މަޝްރޫޢްތައް ވަކި އަތޮޅެއް، ރަށެއް އިސްތިސްނާ ނުވާހެން މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

48 ދުވަސް ކުރިން - 15:12

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

60 ދުވަސް ކުރިން - 13:45

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

75 ދުވަސް ކުރިން - 20:49

އަމިއްލައަށް ގެދޮރު ބިނާނުކުރެވޭ ފަރާތްތަކަށް ފުލެޓު ދެނީ

އަމިއްލައަށް ގެދޮރު ބިނާނުކުރެވޭ ފަރާތްތަކަށް ފުލެޓު ދެނީ

110 ދުވަސް ކުރިން - 12:05

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

125 ދުވަސް ކުރިން - 13:41

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

137 ދުވަސް ކުރިން - 13:38