ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޓޫރިޒަމް ސިމްޕޯސިއަމް 2025 ބޭއްވުމަށް ތައްޔާރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 10:31
ޓޫރިޒަމް ސިމްޕޯސިއަމް
ޓޫރިޒަމް ސިމްޕޯސިއަމް
ޚުލާސާ

މި ސިމްޕޯސިއަމްގެ އަލީގައި 2026 ވަނަ އަހަރަށް މާކެޓިންގ ބްލޫޕްރިންޓެއް އެކުލަވާލުމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނިންމާފައިވޭ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު "ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް" ގެ ނަމުގައި ޓޫރިޒަމް ސިމްޕޯސިއަމް 2025 ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. މި މަހާސިންތާއަކީ 2026 ވަނަ އަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އެއްބާރުލުމާއެކު ބޭއްވޭ މި ސިމްޕޯސިއަމްގައި ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި، މަސައްކަތްތެރިންނާއި، މީޑިއާގެ ބައިވެރިވުން ހިމެނޭނެއެވެ. ބައިވެރިންގެ މެދުގައި ހަރުދަނާ ހިޔާލުތައް ބަދަލުކުރެވި، ގުޅުން ވަރުގަދަކުރުމަށްޓަކައި ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ސިމްޕޯސިއަމްގައި ބިނާކުރަނިވި ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން 2026 ވަނަ އަހަރަށް އެކުލަވާލާފައިވާ ޑެސްޓިނޭޝަން މާކެޓިން ޕްލޭން ހާމަކުރާނެއެވެ. "އޯޝަން ނޭޝަން" ސްޓްރެޓަޖީގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ވެސް ހާމަކުރެވޭނެ ކަމަށާއި ލަގްޒަރީ ޓޫރިޒަމް، ސުޕަރ ޔޮޓް އަދި ބޯޓިންގ ޓޫރިޒަމް، އަދި ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމް ފަދަ ހާއްސަ ފަތުރުވެރިކަމުގެ ބައިތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންނާއެކު ހިޔާލު ބަދަލުކޮށް، އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުސަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ބޭއްވޭނެ ކަމަށް މި ސިމްޕޯސިއަމް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ..

މި ސިމްޕޯސިއަމްގެ އަލީގައި 2026 ވަނަ އަހަރަށް މާކެޓިންގ ބްލޫޕްރިންޓެއް އެކުލަވާލުމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނިންމާފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%