އިޒްރޭލުން ޣައްޒާގެ ނޫސްވެރިޔާ އަލް ދާޔާ ޝަހީދުކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 10:41
ނޫސްވެރިޔާ ޝަހީދު އަލް ދާޔާ - ދާޔާ އަކީ އިސްރާއީލުން ޝަހީދުކޮށްލި ފަލަސްޠީނުގެ 189 ވަނަ ނޫސްވެރިޔާ. / ފޮޓޯ:
ނޫސްވެރިޔާ ޝަހީދު އަލް ދާޔާ - ދާޔާ އަކީ އިސްރާއީލުން ޝަހީދުކޮށްލި ފަލަސްޠީނުގެ 189 ވަނަ ނޫސްވެރިޔާ. / ފޮޓޯ:
ޚުލާސާ

އަލް ދާޔާ އާއި އެކު ޣައްޒާގައި ޝަހީދުވި ނޫސްވެރިންގެ ޢަދަދު 722 ދުވަސްތެރޭ ވަނީ 322 އަށް އަރާފައި.

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ޒައެނިސްޓުން އަނެއްކާވެސް ފަލަސްޠީނުގެ ނޫސްވެެރިޔަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ މެދުތެރޭގެ ދައިރް އަލްބާލާހުގައި އިއްޔެ ޝަހީދު ކޮށްލީ ޣައްޒާގެ ނޫސްވެރިޔާ މުޙައްމަދު އަލް ދާޔާއެވެ.

ފަލަސްޠީނުގެ އިންފޮމޭޝަން ސެންޓަރު (ޕީއައިސީ) ގެ ޢަރަބި ސޯޝަލް މީޑިއާ ޑިޕާޓްމަންޓުގައި މަސައްކަތް ކުރެއްވި އަލް ދާޔާ އަކީ އިސްރާއީލުން ޝަހީދުކޮށްލި އެ ޖަމްޢިއްޔާގެ ތިންވަނަ ނޫސްވެރިޔާއެވެ. މިއާއި އެކު ޣައްޒާގައި ޝަހީދުވި ނޫސްވެރިންގެ ޢަދަދު 322 އަށް އަރާފައިވާ ކަމަށް ފަލަސްޠީނުގެ ނޫސްވެރިންގެ ޖަމާޢަތުން ބުނެއެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން (ސީޕީޖޭ) އިން ރިޕޯޓްކުރާ ގޮތުގައި ޒައެނިސްޓުންގެ ޙަމަލާތަކުގައި 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޣައްޒާގެ 189 ނޫސްވެރިން ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގައި ފާއިތުވި 24 ގަޑިއިރުތެރޭ ޝަހީދުކޮށްލި މީހުންގެ ޢަދަދު 100 އާއި ގާތްކުރާ ކަމަށް މަސްދަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%