އެންސްޕާއިން ބޭސްފަރުވާއަށް 16.8 މިލިއަން ރުފިޔާ ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 21 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2025 21:45
އެންސްޕާ ޢިމާރާތް: އެންސްޕާއިން ދަނީ ފަޤީރުންނަށް ކާބޯތަކެތި ގަތުމަށް ވެސް ފައިސާ ދޫކުރަމުން.
އެންސްޕާ ޢިމާރާތް: އެންސްޕާއިން ދަނީ ފަޤީރުންނަށް ކާބޯތަކެތި ގަތުމަށް ވެސް ފައިސާ ދޫކުރަމުން.
ޚުލާސާ

ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 8.5 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ރާއްޖެއިން ފަރުވާ ހޯދުމަށް 8.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާއިން ހާމަކުރި.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ އޮގަސްޓު މަހު ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް 16.8 މިލިއަން ރުފިޔާ ދޫކޮށްފިކަމަށް އެ ކުންފުނިން ބުނެފި އެވެ. މިއީ ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފައިސާގެ އަދަދެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 8.5 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ރާއްޖެއިން ފަރުވާ ހޯދުމަށް 8.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިދިޔަ އޮގަސްޓު މަހު 22 ބާވަތެއްގެ ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ ދޫކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ފައިސާ ހަމަޖައްސާފައި ވަނީ ކަރުން މަތީގެ ބައްޔާއި، ކަށީގެ ބަލިތަކުގެ އިތުރުން ކެންސަރު ބައްޔާއި މައިބަދަ/ނާރުގެ ބަލިތަކަށެވެ. މިގޮތުން ކަރުންމަތީގެ 184 ކޭސްއާއި، ކަށީގެ ބަލިތަކުގެ 172 ކޭސްއާއި، ކެންސަރު ބަލީގެ 170 ކޭސްއާއި، މައިބަދަ/ނާރުގެ ބަލިތަކުގެ 167 ކޭސްއަށް ފައިސާ ދޫކޮށްފައިވެ އެވެ.

މީގެއިތުރުން، ހާއްސަ އެހީތެރިކަން ބޭނުންވާ 14,673 މީހަކަށް 52 މިލިއަނަިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، ތެރަޕިއުޓިކް ފަރުވާއަށް 390 މީހަކަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ. އަދި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 82 މީހަކަށް 484,546 ރުފިޔާ ދޫކޮށްފައިވެއެވެ.

އެންސްޕާއިން ހިންގާ އެހެނިހެން ޕްރޮގްރާމްތަކުގެ ތެރެއިން، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ވެސް މިދިޔަ މަހު 700 މީހަކަށް 25,720 ރުފިޔާ ދޫކޮށްފައިވެއެވެ. އެންސްޕާއިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީ އާއި، އެކަނިވެރި މައިން/ބަފައިންނަށް ދެވޭ އެހީއާއި، އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނޭ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%