Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މީޑިއާ ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުން އަވަހަށް ރެކޯޑު ސާފުކުރުމަށް ޑީޖޭއޭއިން އެދިއްޖެ

މީޑިއާ ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުން އަވަހަށް ރެކޯޑު ސާފުކުރުމަށް ޑީޖޭއޭއިން އެދިއްޖެ

އައިޝަތު ރުވާ ރިފްޢަތު
256 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 09:54
ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަގާމުތަކަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައި.

އަންނަ މަހު ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމް.އެމް.ބީ.ސީ) ގެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ކުށުގެ ރެކޯޑު ސާފު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެއެވެ.

މި އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގޮތަށް ހަމަޖައްސާފައިވަ ނީ އަންނަ މަހުގެ 11ވަނަ ދުވަހުއެވެ. މި މަގާމުތަކަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޑީޖޭއޭއިން ބުނީ، މީޑިއާ ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުން ކުށުގެ ރެކޯޑު ސާފުކޮށް، އެ ލިޔުން ހުށަހަޅަން ޖެހޭނެތީ، ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement

Advertisement 1

ޑީޖޭއޭއިން ހާމަކުރި ގޮތުގައި، މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް، ރެކޯޑު ސާފުކުރުމަށް ހަމަޖެހިފައިވަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ނަމަވެސް، މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑް ޕޯޓަލަށް އަޅައި އަދާހަމަކުރެވިފައި ނުވާކަން ޑީޖޭއޭއިން ފާހަގަކުރެއެވެ. އެހެންވެ، ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށް ޑީޖޭއޭއިން ފާހަގަކުރިއެވެ.

މިކަމަށް ސަމާލުކަން ދެއްވައި، މީޑިއާ ކޮމިޝަންގެ އިންތިޚާބާ ގުޅިގެން ރެކޯޑު ސާފުކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހެޅުމަށް ޑީޖޭއޭއިން ވަނީ އެދިފައެވެ. އޭގެ ފަހުން ހުށަހަޅައިފިނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ރެކޯޑު ސާފުކުރުމުގެ މަސައްކަތް ނުނިމުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ. ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭނީ ޑީޖޭއޭގެ ރެކޯޑު ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ.

ޖުމުލަ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަށް ހިމެނޭހެން 4 މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާއިން ދެމެންބަރުންނާއި އެހެނިހެން މީޑިއާތަކުން ދެމެންބަރުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުވެފައިވާ، މީޑިއާ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ނުވަތަ ދާއިރާގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. މީޑިއާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރި ފަރާތްތަކަށް މި މަގާމަށް ކުރިމަތި ނުލެވޭނެއެވެ.

މީޑިއާމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީބީސީ

"މީޑިއާތަކަކީ މާލީގޮތުން މިނިވަން ތަންތަނަށް ހެދުމަކީ އަމާޒެއް"

39 ދުވަސް ކުރިން - 14:03

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް، ރައީސްގެ އަމުރަކަށް ނޫން: މުންދު

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް

42 ދުވަސް ކުރިން - 17:54

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 14:10

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 13:14

ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ: މިނިސްޓަރު އިހުސާން

"ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ"

44 ދުވަސް ކުރިން - 13:04

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަނީ

45 ދުވަސް ކުރިން - 22:27