ފެނަކަ ޚިޔާނާތް: ބިޑަކާއި ނުލައި 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ޙަވާލުކުރި!

އައިޝަތު ޝިފްނާ ހުސައިން | 3 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2025 17:06
ފެނަކައިގެ ކުރީގެ އެމްޑީ (ސަޢީދު) - ފެނަކައިން ވަނީ ބީލަމަކާއި ނުލައި 438 ފަރާތަކަށް މަސައްކަތް ޙަވާލުކޮށްފަ.
ފެނަކައިގެ ކުރީގެ އެމްޑީ (ސަޢީދު) - ފެނަކައިން ވަނީ ބީލަމަކާއި ނުލައި 438 ފަރާތަކަށް މަސައްކަތް ޙަވާލުކޮށްފަ.
ޚުލާސާ

އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން ހިންގީ ބޮޑު ޚިޔާނާތެއް. 1.3 ބިލިއަން ރުފިޔާގެ މަސައްކަތް 438 އެއްބަސްވުމެއްގެ ދަށުން އެކި ފަރާތްތަކާއި ޙަވާލުކުރީ ބިޑަކާއި ނުލާ.

ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ސެޓާއި ޓްރާންސްފޯމަރު ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ވާދަވެރި ބީލަމުގެ އުޞޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް 438 އެއްބަސްވުމެއްގެ ދަށުން އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށް ފެނަކައިގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަންތައް ފަޅާ އަރުވާލި އޮޑިޓް ރިޕޯޓުގައި ވަނީ ފެނަކައިން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫރުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި މަސައްކަތް ހަވާލުކުރުމަށް އެ އަހަރުތަކުގެ ތެރޭގައި 673 އެއްބަސްވުމެއްގެ ދަށުން 2،237،987،358 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.

އޭގެ ތެރެއިން 438 އިންސައްތަ ނުވަތަ ޖުމުލަ އެއްބަސްވުންތަކުގެ 65 އިންސައްތައަކީ، ބީލަމަކަށް ހުޅުވައިނުލައި ކުރެވިފައިވާ އެއްބަސްވުންތަކެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކުރި އިތުރު ކަމަކީ، ފެނަކަ އަށް މުދަލާއި ޚިދުމަތް ހޯދުމުގެ ގަވައިދު އެކުލަވާފައިވާ ގޮތެވެ. މި ގަވައިދުގައި، ޖީ.އެސް.ޓީ ނުހިމަނައި 225,000 ރުފިޔާ އަށް ވުރެ ބޮޑު އަގުގެ މުދަލާއި ހިދުމަތް އާންމުކޮށް ހުޅުވައިލަން ޖެހޭ އުސޫލު، ރާއްޖެއިން ބޭރުން ތަކެއްޗާއި ހިދުމަތް ހޯދާ އިރު އިސްތިސްނާވާ ގޮތަށް ބަދަލުކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%