Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

“ﷲ އަކްބަރު” ކަލިމައާއި އެކު 44 އުޅަނދު އަންނަ ހަފްތަގައި ޣައްޒާ އަށް …

“ﷲ އަކްބަރު” ކަލިމައާއި އެކު 44 އުޅަނދު އަންނަ ހަފްތަގައި ޣައްޒާ އަށް …

ޢަބްދުﷲ ޖުނައިދު
301 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2025 12:29
ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާ އަށް ވަނުމަށްޓަކައި ކުރަމުންދާ “ޖިހާދު”ގެތެރެއިން. ބައެއް އުޅަނދުފަހަރުގައި ވަނީ “ﷲ އަކްބަރު“ ލިޔެފަ.
ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާ އަށް ވަނުމަށްޓަކައި ކުރަމުންދާ “ޖިހާދު”ގެތެރެއިން. ބައެއް އުޅަނދުފަހަރުގައި ވަނީ “ﷲ އަކްބަރު“ ލިޔެފަ.
ޚުލާސާ

ފްލޮޓިއްލާގެ 44އުޅަނދުގައި ތިބި އެންމެން ހައިސެކިއުރިޓީ ޖަލަކަށްލުމަށް އިސްރާއީލުން ޕްލޭންކޮށްފައިވާއިރު، ބޯޓުތައް މިވަގުތު ތިބީ ގްރީސްގެ ކައިރީގައި. ބޯޓުތައް ޣައްޒާއަށް ވަންނަން ހަތެއް ނުވަތަ އަށްދުވަސް ނަގާފާނެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޒައެނިސްޓުން ޣައްޒާ ފުރަބަންދު ކޮށްފައި ވާތީވެ، އެ ފުރަބަންދުން ޣައްޒާގެ ކުޑަކުދިން ސަލާމަތްކޮށް، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށްޓަކައި 40 އަށް ވުރެ ގިނަ މަދަނީ އުޅަނދުފަހަރުގެ ކޯލިޝަނެއް ކަމަށްވާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ މިހާރު ދަތުރުކުރަމުން ދަނީ ތުރުކީވިލާތާއި ކައިރިން ގްރީސްގެ ކްރީޓް ޖަޒީރާތަކުގެ ސަރަޙައްދުން ކަމަށް ތުރުކީވިލާތުގެ ޚަބަރުތައް ބުނެފިއެވެ. ދެންމެ ތުރުކީގެ އެނަލިސްޓުން ބުނި ގޮތުގައި މިވަގުތު ލަފާކުރެވޭ ގޮތުން ކުރިޔަށް އޮތް 7 ނުވަތަ އަށްވަރަކަށް ދުވަސްތެރޭ 44 އުޅަނދުވެސް ޣައްޒާ އާއި ހަމަޔަށް ފޯރާނެއެވެ.

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާ އަށް ވަނުމަށްޓަކައި ކުރަމުންދާ “ޖިހާދު”ގެތެރެއިން.

Advertisement

Advertisement 1

ހުސްވި މަހުގެ 31 ވަނަ ދުވަހު ސްޕޭނުން ނައްޓައިލި ފްލޮޓިއްލާގެ އުޅަނދުފަހަރަށް މި މަހުގެ ނުވަވަނަ ދުވަހު އިސްރާއީލުން ޙަމަލާދިން ކަމުގައި ވިޔަސް އައު ހިއްވަރަކާއި އެކު އެކްޓިވިސްޓުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ތޫނިސްގެ ބަނދަރަށް ޖަމާވި އިތުރު ބޯޓުތަކާއިއެކު އިސްރާއީލު ސިފައިންގެ “ކަނޑުމަތީ ހުރަސްތައް” ނައްތާލައި ޣައްޒާ އަށް ވަނުމަށް މިސްރާބު ޖަހާފައެވެ. އެ ހުރިހާ އުޅަނދެއް މިވަގުތު ގްރީސް ކައިރިން ދަތުރުކުރަމުންދާއިރު ކުރިޔަށް އޮތް ދެތިންދުވަސްތެރޭ ތުރުކީ ފަހަނައަޅައި ދާނެ ކަމަށް ބެލެވެއެވެ.

މި މަހުގެ 23 ވަނަ ދުވަހު ވެސް އިސްރާއީލުން ވަނީ މި ބޯޓުތަކަށް އިންޒާރުދީފައެވެ. މި 44 ބޯޓު ޣައްޒާއަށް ދަތުރު ކުރާތީވެ އިސްރާއީލުގެ ޑްރޯންތަކުން ވަނީ ގާތްގަނޑަކަށް ވިއްސަކަށް ޙަމަލާ ފޮނުވާލާފައެވެ. ނުރަސްމީ މަސްދަރުތަކުން ބުނަނީ އެ ހުރިހާ ޙަމަލާ އަކީ ވެސް ބިރު ދެއްކުމުގެ ގޮތުން ފޮނުވި ޙަމަލާތަކެވެ. އަދި އެއްވެސް ޙަމަލާއެއް އުޅަނދަކަށް އަމާޒު ނުކުރާ ކަމަށާއި އެ ޙަމަލާތައް އަމާޒުކުރީ އުޅަނދުތަކުގެ ކައިރިޔަށް ކަމަށާއި، އުޅަނދުތަކުގެ މުއާޞަލާތީ ނިޒާމަށް ބުރޫއަރުވައިލި ކަމަށް ޚަބަރުތައް ބުނެއެވެ.

ސްޕެއިން އާއި ޓިއުނީޝިއާ ހިމެނޭ ގޮތަށް މެޑިޓެރޭނިއަން ކަނޑުގެ އެކި ބަނދަރުތަކުން ފުރައިގެން ދިޔަ މި ފްލޮޓިއްލާ މިހާރު ދަނީ އިރުދެކުނަށް ޣައްޒާއާ ދިމާއަށް ދަތުރު ކުރަން ތައްޔާރުވަމުންނެވެ. ތުރުކީގެ މަސްދަރުތަކުން ޔަޤީންކުރަނީ މި އުޅަނދުތައް ސައިޕްރަސްގައި މަޑުކުރާނެ ކަމަށެވެ. އޭގެތެރޭގައި ތުރުކީވިލާތުން ފްލޮޓިއްލާގެ ޙަރަކާތާއި ގުޅުނު 12 އުޅަނދުވެސް ހިމެނެއެވެ. މި އުޅަނދުފަހަރުގައި “ﷲ އަކްބަރު”ގެ މާތް ކަލިމަ ލިޔެފައިވާއިރު، ސައިޕްރަސް ސަރަޙައްދުގައި އުޅަނދުތައް މަޑުކުރަނީ މެއިންޓެނެންސް މަސައްކަތްކަކަށް ކަމަށް ވެސް ތުރުކީގެ މަސްދަރުތަކުން ބުނެއެވެ.

ގްރީސްގެ ޖަޒީރާތައް ކައިރިން މިވަގުތު ދަތުރުކުރަމުންދާ އުޅަނދުތަކަށް ގްރީސް އިން ވަނީ އެޤައުމުގެ ކަނޑުގެ ސަރަޙައްދުގައި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

އިޓަލީ އާއި ސްޕެއިން އިން ވެސް ވަނީ ފްލޮޓިއްލާގެ އުޅަނދުފަހަރަށް އެހީއާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަނޑުގެ ސިފައިންގެ ބޯޓުތައް ފޮނުވާފައެވެ.

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާ އަށް ވަނުމަށްޓަކައި ކުރަމުންދާ “ޖިހާދު”ގައި އެ އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސްޕެއިނާއި އިޓަލީ އަދި ގްރީސް އިން ވަނީ އުޅަނދުފަހަރު ފޮނުވާފަ. / ފޮޓޯ: ސްޕެއިން ކޯސްޓްގާޑް.

އިސްރާއީލުން ވަނީ މި ފްލޮޓިއްލާ ޣައްޒާއަށް ވަނަނުދީ ހުއްޓުވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އިސްރާއީލުގެ ޚަބަރުތައް ބުނާ ގޮތުގައި ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ވަނުމަށްޓަކައި މަސައްކަތް ކުރާނަމަ އެ އުޅަނދުތަކަށް ޙަމަލާ ވެސް ދޭނެއެވެ. އަދި އުޅަނދުތައް އިސްރާއީލުގެ ސިފައިންގެ ބެލުމުގެ ދަށަށް ނަގައި، އެ އުޅަނދުތަކުގައި ތިބި އެންމެން ހައިސެކިއުރިޓީ ޖަލަކަށް ބަދަލުކުރާނެ ކަމަށް އިސްރާއީލް ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފްލޮޓިއްލާޣައްޒާރިޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

21 ދުވަސް ކުރިން - 11:40

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

29 ދުވަސް ކުރިން - 07:37

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

31 ދުވަސް ކުރިން - 22:23

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށް ފަހު ޙަމާސްގެ ލީޑަރެއް މިނިވަން ކޮށްފި

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު ޙަމާސްގެ ލީޑަރެއް މިނިވަންކޮށްފި

43 ދުވަސް ކުރިން - 13:14