ހުކުރު ވަގުތާއި ދިމާކޮށް ޣައްޒާގެ 27 މީހުން ޝަހީދުކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 4 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2025 13:25
ކުއްލި ޚަބަރު: ހުކުރު ވަގުތާއި ދިމާކޮށް ޣައްޒާގެ 27 މީހުން ޝަހީދުކޮށްލައިފި
ކުއްލި ޚަބަރު: ހުކުރު ވަގުތާއި ދިމާކޮށް ޣައްޒާގެ 27 މީހުން ޝަހީދުކޮށްލައިފި
ޚުލާސާ

މިއަދުގެ މި ވަގުތާއި ހަމަޔަށް އިސްރާއީލުން ޣައްޒާގެ 27 މީހުން ޝަހީދުކޮށްލިއިރު ހުޅަނގު އައްސޭރީގެ ބައެއް ތަންތަން ވަނީ ޙިޞާރުކޮށްފަ.

މިއަދުގެ ހުކުރު ވަގުތާއި ދިމާކޮށް ހައްދުފަހަނަ އެޅި ޓެރަރިސްޓް ޒައެނިސްޓް ޖަމާޢަތުގެ ސިފައިން ޣައްޒާގެ 27 މީހުން ޝަހީދުކޮށްލައިފިއެވެ.

މަސްދަރުތަކުން އެނގޭ ގޮތުގައި ރޭ ފަތިހުއްސުރެ ދެމުންދިޔަ ޙަމަލާތަކަށް އަދިވެސް ހުއްޓުމެއް ނާދެއެވެ. ޒަޚަމްވެގެން ފުރާނަ ސަލާމަތްކުރެވޭތޯ ހޮސްޕިޓަލަށް ގެންދިޔަ 16 މީހުން ވެސް ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން މިވަގުތު ހިންގަމުން ގެންދާ ޤަތުލުޢާންމުގައި ބައެއް ގެތަކަށް އަމާޒުކޮށް ދަނީ ބޮން ވެސް އަޅަމުންނެވެ.

މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން މިވަގުތު ދަނީ ނުރައްކާތެރި އޮޕަރޭޝަނެއް ވެސް ހިންގަމުން ކަމަށާއި ބައެއް ތަންތަން ވަނީ ޙިޞާރުކޮށްފައި ކަމަށް ނުރަސްމީ މަސްދަރުތައް ބުނާއިރު ރާމަاللهގެ ހުޅަނގު އުތުރުގައި އޮންނަ ރަށެއް ކަމަށްވާ ބައިތު ރީމާގައި ވެސް ޢާންމުންނަށް ޙަމަލާދީ ކަރުނަގޭސް ބޭނުންކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%