Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިޔަމިގިލީ ކޯޒްވޭ 18 މަސްދުވަހުން ނިމޭނެ: ރައީސް

ދިޔަމިގިލީ ކޯޒްވޭ 18 މަސްދުވަހުން ނިމޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
349 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2025 18:58
ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން: އެމަނިކުފާނު ވިދާޅުވީ ދިޔަމިގިއްޔާއި މަޑިފުށި އަދި އުފުރިޔާ ގުޅުވާލަދޭ ކޯޒްވޭ 18 މަސްތެރޭ ނިންމަވައިދެއްވާނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން: އެމަނިކުފާނު ވިދާޅުވީ ދިޔަމިގިއްޔާއި މަޑިފުށި އަދި އުފުރިޔާ ގުޅުވާލަދޭ ކޯޒްވޭ 18 މަސްތެރޭ ނިންމަވައިދެއްވާނެ ކަމަށް.
ޚުލާސާ

ދިޔަމިގިއްޔާއި މަޑިފުށި އަދި އުފުރިޔާ ގުޅާލާ ކޯޒްވޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ރައީސް ސޮއިކުރައްވައިފި. ވިދާޅުވީ ދޮޅުއަހަރުން މަސައްކަތް ނިންމަވައިދެއްވާނެ ކަމަށް.

ތ. ދިޔަމިގިއްޔާއި އެއަތޮޅު މަޑިފުށި އަދި ތ. އުފުރިޔާ ގުޅާލާ ކޯޒްވޭގެ މަސައްކަތް، 1 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިޔަމިގިއްޔަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ދިޔަމިގިއްޔާއި މަޑިފުށި އަދި އުފުރިޔާ ގުޅާލާ ކޯޒްވޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މިވަގުތު ދިޔަމިގިލީ ރައްޔިތުންނަށް އެންމެ މުހިންމީ، ކޯޒްވޭއާއި ހެލްތް ސެންޓަރު އެކްސްޓެންޝަންގެ އިތުރުން ސްކޫލްގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. ކޯޒްވޭގެ ސަބަބުން ދިޔަމިގިއްޔާއި މަޑިފުއްޓަށް ބޮޑު ކުރިއެރުމެއް ލިބި، ދެރަށުގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމުމުން، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ދިޔަމިގިލީގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ތައުލީމީ ދާއިރާއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެ ރަށުގައި އޭލެވެލް ފެށުމަށް ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރަށް މި މަސައްކަތް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، 10 ކްލާސްރޫމާ މަލްޓިޕަރަސް ހޯލެއްވެސް ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދިޔަމިގިލީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކުރައްވައި، ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކޮށް، ފެންސް ޖަހާ ތަރައްޤީކޮށް ކައުންސިލަށް ބޭނުންވާ ތަކެތި ފޯރުކޮށްދީގެން ވޮލީކޯޓެއްވެސް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިޔަމިގިލީ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށި، އަންނަ އަހަރުގެތެރޭގައި ނިންމަވާނެ ކަމަށާއި. މި މަސައްކަތް ނިމުމުން، އެރަށުގދ ހެލްތް ސެންޓަރުން 24 ގަޑިއިރު ޚިދުމަތްދޭ ޒަމާނީ މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުތ. މަޑިފުށިތ. ދިޔަމިގިލި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05