ދެން ހުޅުމާލެ ޓަރމިނަލުން މުދާ ނެގޭނީ އީ-ކިއުއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2025 18:32
ފޮޓޯ: ނައުޝަމް ވަޙީދު / ޚުލާސާ
ފޮޓޯ: ނައުޝަމް ވަޙީދު / ޚުލާސާ
ޚުލާސާ

އޮކްޓޯބަރު 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ނެގޭނީ އީ-ކިއުއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް.

އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ، އިލެކްޓްރޯނިކް ވެހިކަލް ކިއުއެއްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި، މިއީ ޓަރމިނަލްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، މުދާ ކްލިއަރކުރުމުގެ ޚިދުމަތް އަވަސްކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

އެމްޕީއެލްއިން ވިދާޅުވާ ގޮތުގައި، މި އިލެކްޓްރޯނިކް ކިއު ތަޢާރަފްވުމާއެކު، ހުޅުމާލެ ޓަރމިނަލުން މުދާ ނެގުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދެވޭނީ މި އާ ނިޒާމުގެ ތެރެއިންނެވެ. މި ބަދަލުގެ ސަބަބުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުރުވެ، އާންމުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލްއިން އަންނަނީ، އެކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އާންމުންނަށް އިތުރަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%