ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލެވުމުން އިގްތުސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކިނިބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއީ ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރަށުގައި ދިރިއުޅޭ އާބާދީ އިތުރުކުރުމާއި، އެއްފަސްކުރުމަށްވެސް ބާރު ލިބޭ މަޝްރޫއަކަށްވާނެކަމަށެވެ.
"ކޯޒްވޭއާއެކު ބޮޑެތި ތަރައްގީތަކެއް އަންނާނެ. މި މަޝްރޫއު ހަގީގަތުގައިވެސް ފުއްދައިދޭނެކަމުގެ ޔަގީންކަން ދެން. ސަރަހައްދީ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫއަކަށް މި މަޝްރޫއުވެގެންދާނެ." ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ކިނބިދޫގެ ކުޅިވަރު ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތުގެދަށުން، ފުޓުބޯޅަ ދަނޑު ވަށައި ފެންސްޖެހުމާއި، ލައިޓް ހަރުކޮށް ސިޑިބަރިއާއި، ޗޭންޖިން ރޫމް ހިމެނޭހެން ފުޓްސަލް ދަނޑުގެ ޓާފު ބަދަލުކޮށް ތަރައްގީކުރައްވާނެ ކަމަށް ރައޫސް ވިދާޅުވި އެވެ. އަދި ދަނޑު ތަރައްގީކުރާނީ ހޭންޑްބޯލްވެސް ކުޅެވޭގޮތަށްކަމަށާއި، އެ މަސައްކަތް ހަވާލުކޮށް، ދެ މަސްތެރޭ ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.