Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެފަޅުރަށުން އޮމަދޫ ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

ދެފަޅުރަށުން އޮމަދޫ ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
338 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2025 14:40
ރައީސް މުއިއްޒު އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

އޮމަދޫއަށް ތަރައްޤީގެ ގިނަ ޕްރޮޖެކްޓުތަކެއް. މީގެ އިތުރުން އޮމަދޫގެ އިހްތިސާސްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމަށް ރައީސް ވިދާޅުވި.

އޮމަދޫގެ އިހްތިސާސްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގެ އިހުތިސާސްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީނުކުރެވޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ މިހާރު ވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވައިފަ އެވެ.

Advertisement

Advertisement 1

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިހްތިސާސްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ގާނޫނީގޮތުން އެފަދަ ފުރުސަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިހްތިސާސްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށު ސްކޫލްގެ މަސައްކަތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ހަމައެހެންމެ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ ރަށުގައި އާ މިސްކިތެއް އިމާރަތްކޮށް ދެއްވާނެ ކަމަށާއި، ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު ކުޅެވޭ ގޮތަށް ދަނޑު ތަރައްގީ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ރަށު ސިއްހީ މަރުކަޒަށް މިއަހަރުގެ ތެރޭގަައި އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފަ އެވެ. މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީއާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އާރުޑީސީ)އާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

އޮމަދޫއަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ވަނީ އެ ރަށުގައި އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވައިފަ އެވެ.

ތ. އޮމަދޫރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

10 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

16 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02