އާރުޓީއެލް މަޝްރޫއުގެ ދަށުން ތ. އަތޮޅުގައި އެ ހިދުމަތް ފަށައިފި އެވެ.
އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
މިއީ އެމްޓީސީސީން މި ހިދުމަތް ދޭން ފެށި 12 ވަނަ އަތޮޅެވެ.
މިހާރު އާރުޓީއެލް ހިދުމަތް ދޭ އަތޮޅުތައް:
ޒޯން 1: ހއ.، ހދ. އަދި ށ. އަތޮޅު
ޒޯން 2: ނ.، ރ.، ބ. އަދި ޅ. އަތޮޅު
ޒޯން 4: ތ. އަތޮޅު
ޒޯން 5: ގއ. އަދި ގދ. އަތޮޅު
ޒޯން 6: ފުވައްމުލައް އަދި އައްޑޫ
އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ނުފެށި އޮތީ 8 އަތޮޅެއްގަ އެވެ. އެމްޓީސީސީން ބުނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ލަފާއާ އެކު އެ އަތޮޅުތަކުގައި ވެސް ހިދުމަތް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.