Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެރިޓްރިއާގައި ދެ އަނބިންނާއި ކައިވެނިކޮށްފިނަމަ 1 އަހަރަށް ޖަލަށް

ޢަބްދުﷲ ޖުނައިދު
390 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2025 16:51
އެރިޓްރިއާގެ އަންހެންކުއްޖަކު ކައިވެންޏަކަށް ތައްޔާރުވާތީ ޢާއިލާ އާއި ރައްޓެހިން އުފާކޮށް ޕާޓީ ކުރަނީ / ފޮޓޯ: އެފްބީ
އެރިޓްރިއާގެ އަންހެންކުއްޖަކު ކައިވެންޏަކަށް ތައްޔާރުވާތީ ޢާއިލާ އާއި ރައްޓެހިން އުފާކޮށް ޕާޓީ ކުރަނީ / ފޮޓޯ: އެފްބީ
ޚުލާސާ

އެރިޓްރިއާގެ ފިރިހެނުނުންނަށް ދެއަނބިން ގެންގުޅުމަކީ 6 މަހާއި 1 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެއް. ނުވަތަ 20،001 އާއި 50،000 ނަކްފާ އިން ޖޫރިމަނާ ކުރެވޭނެ.

އެފްރިކާގެ އިރުމަތީ ބައްރުގެ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ އެރިޓްރިއާގެ ފިރިހެނުނުންނަށް ދެއަނބިން ގެންގުޅުމަކީ 6 މަހާއި 1 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެކެވެ. ނުވަތަ 20،001 އާއި 50،000 ނަކްފާ އާއި ދެމެދުގެ ޢަދަދަކުން އެ މީހަކު ޖޫރިމަނާ ކުރާނެއެވެ. ނަކްފާ އަކީ އެރިޓްރިއާގެ ފައިސާ އަށް ކިޔާ ނަމެވެ. 1 ޑޮލަރަކީ ގާތްގަނޑަކަށް 15 ނަކްފާއެވެ.

އެރިޓްރިއާ: ތާރީޚީ ގޮތުން ބަލާއިރު މައްކާގެ މުޝްރިކުންގެ އުނދަގޫ ބޮޑުވެގެން ރަސޫލާ (މުޙައްމަދު ޞޢވ) ގެ ދުވަސްވަރު (7ވަނަ ޤަރުނުގައި) މުސްލިމުން ރެފިއުޖީންގެ ގޮތުގައި އެރިޓްރިއާގައި ތިބި. އެރިޓްރިއާގެ ފިރިހެނުންނަށް ދެމީހުންނާއި އެއްފަހަރާ ކައިވެނިކޮށްގެން އުޅުމަކީ ޖަލު ޙުކުމެއް އަންނަ ކަމެއް.

Advertisement

Advertisement 1

އެރިޓްރިއާ އާއި ބެހޭ ގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ކެންޔާގެ ބަޔަކު ދޮގު ޚަބަރުވެސް ފެތުރިއެވެ. އޭރު އެ މީހުން ފެތުރި ޚަބަރުގައި ބުނެފައި ވަނީ އެރިޓްރިއާގެ އާބާދީގައި އަންހެނުންނަށް ވުރެ ފިރިހެނުން ގިނަވާތީވެ ކޮންމެ ފިރިހެނަކު 1 އަންބަށް ވުރެ ގިނަ އަނބިން ގެންގުޅުން ލާޒިމް ކުރާ ކަމަށެވެ. އަދި މިއާއި ޚިލާފްވާ ކޮންމެ ބަޔަކު ޖަލަށް ލާނެ ކަމަށެވެ. އެރިޓްރިއާގެ ފިރިހެނުން ދެ އަނބިން ގެންގުޅުމަށް ލާޒިމްކުރާ ކަމަށް ބުނެ އެ ދޮގު ވާހަކަތައް ލިޔުނު މައްސަލައިގައި އެ ނޫހުގެ އެޑިޓަރު މަޤާމުން ވެސް ވަކި ކުރިއެވެ.

އެރިޓްރިއާގެ އޮފިޝަލުން ވަނީ އެ ޤައުމުގެ ޤާނޫނުތަކާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތާއި ޚަބަރު ފަތުރާތީވެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. 25 ޖަނަވަރީ 2016 ވީ ދުވަހު ބީބީސީން ބުނީ އެރިޓްރިއާގައި ދެއަނބިންނާއި ކައިވެނި ނުކުރާނަމަ ޖަލަށް ދާން ޖެހޭ ވާހަކަ އަކީ ދޮގެއް ކަމަށާއި، އެ ޤައުމުގައި އެއްފަހަރާ އެކަކަށް ވުރެ ގިނަ މީހުނާއި އިނދެގެން އުޅުން މަނާ ކަމަށެވެ.

އެރިޓްރިއާގައި ދެއަނބިން ގެންގުޅުން ލާޒިމް ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ބުނެ 25 ޖަނަވަރީ 2016 ވަނަ އަހަރު ބީބީސީގައިވާ ލިޔުމުގެ ސްކްރީންޝޮޓެއް: އެރިޓްރިއާގައި އެއްވެސް ފިރިހެނަކަށް ދެއަނބިން ނުގެންގުޅެވޭ. އެއީ 1977 ވަނަ އަހަރުން ފެށިގެން ޤާނޫނީ ކުށެއް.

އެރިޓްރިއާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މުސްލިމުން ކަމުގައި ވިޔަސް 1977 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް އެ ޤައުމުގެ ފިރިހެނުންނަށް ދެއަނބިން ގެންގުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. މިއީ އިސްލާމް ދީނާއި ފުށުއަރާ ކަމެކެވެ.

އެރިޓްރިއާ އަކީ މުސްލިމުންނާއި ތާރީޚި ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ޤައުމެކެވެ. ތާރީޚީ ގޮތުން ބަލާއިރު މައްކާގެ މުޝްރިކުންގެ އުނދަގޫ ބޮޑުވެގެން ރަސޫލާ (މުޙައްމަދު ޞޢވ) ގެ ދުވަސްވަރު (7ވަނަ ޤަރުނުގައި) މުސްލިމުން ރެފިއުޖީންގެ ގޮތުގައި އެރިޓްރިއާގައި ތިއްބެވެ. އޭރު އެތަނަށް ކިޔަނީ އެރިޓްރިއާ އެއް ނޫނެވެ. އެއި އަކްސޫމް ވަންހައިގެ ބައެކެވެ. އޭރު އެތަނުގެ ރަސްކަލަކީ ނަޖާޝީއެވެ. އެރިޓްރިއާ ގެ ނަން ދިނީ ވަރަށް ފަހުން، 19 ވަނަ ޤަރުނުގެ ފަހުކޮޅު އިޓަލީގެ އިސްތިޢުމާރުގެ ދުވަސްވަރުގައެވެ.

ކުރުކޮށް ބުނާނަމަ އެރިޓްރިއާގެ ފިރިހެނުންނަށް ދެއަތްބަށް ކައިވެނިކުރުން ވަނީ 1977 އިން ފެށިގެން އަދިއަދާއި ހަމަޔަށް ވެސް މަނާ ކޮށްފައެވެ.

ރިޕޯޓްއެރިޓްރިއާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެރިޓްރިއާގައި ހުރި އިތިއޯޕިއާގެ އެމްބަސީ ބަންދުކޮށް ޑިޕްލޮމެޓުން އަނބުރާ ގެންގޮސްފި

އެރިޓްރިއާގައި ހުރި އިތިއޯޕިއާގެ އެމްބަސީ ބަންދުކޮށް ޑިޕްލޮމެޓުން އަނބުރާ ގެންގޮސްފި

17 ދުވަސް ކުރިން - 15:47

އިތިއޯޕިއާ އާ ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރު: އެރިޓްރިއާގެ ރައީސް

އިތިއޯޕިއާ އާ ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރު: އެރިޓްރިއާގެ ރައީސް

17 ދުވަސް ކުރިން - 15:28

އޯވަނައިޓަކުން ޒަޔަނިޒަމް ނުހުއްޓުވޭނެ!

އޯވަނައިޓަކުން ޒަޔަނިޒަމް ނުހުއްޓުވޭނެ!

378 ދުވަސް ކުރިން - 16:30

ޓްރަމްޕުގެ ޞުލްޙައިގެ ކަރުދާހަކީ ނަތަންޔާހޫ ދިން އެއްޗެއް…

ޓްރަމްޕުގެ ޞުލްޙައިގެ ކަރުދާހަކީ ނަތަންޔާހޫ ދިން އެއްޗެއް…

380 ދުވަސް ކުރިން - 11:26

ފެނަކަ ޚިޔާނާތަކީ އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ ބައިކުޅަބައެއް

ފެނަކަ ޚިޔާނާތަކީ އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ ބައިކުޅަބައެއް

385 ދުވަސް ކުރިން - 14:59

ލޫޓުވައިފި! ލޫޓުވައިފި! އެމްޑީޕީން ފެނަކަ ވެސް ލޫޓުވައިފި!

ލޫޓުވައިފި! ލޫޓުވައިފި! އެމްޑީޕީން ފެނަކަ ވެސް ލޫޓުވައިފި!

387 ދުވަސް ކުރިން - 22:48