ފްލޮޓިއްލާގެ ބޯޓުތަކަށް އިސްރާއީލުގެ ޙަމަލާތަކާއި ކުރިމަތިލާން ޖެހިއްޖެ

ޢަބްދުﷲ ޖުނައިދު | 6 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2025 12:16
ކުއްލި ޚަބަރު: ފްލޮޓިއްލާގެ ބޯޓުތަކަށް އިސްރާއީލުގެ ޙަމަލާތަކާއި ކުރިމަތިލާން ޖެހިއްޖެ
ކުއްލި ޚަބަރު: ފްލޮޓިއްލާގެ ބޯޓުތަކަށް އިސްރާއީލުގެ ޙަމަލާތަކާއި ކުރިމަތިލާން ޖެހިއްޖެ
ޚުލާސާ

ބައެއް އުޅަނދުތަކުގެ ކައިރިއަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 13 ފަހަރު އިސްރާއީލުގެ ޑްރޯންތަކުން ޙަމަލާ ދީފައިވޭ.

ޣައްޒާއާ ދިމާއަށް ދަތުރުކުރަމުން ދިޔަ ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތަކަށް ބިރު ދެއްކުމުގެ ގޮތުން އިސްރާއީލުން އެ އުޅަނދުތަކުގެ ކައިރިއަށް ޙަމަލާ ދީފިއެވެ. މި ޙަމަލާތައް އިސްރާއީލުން ދިނީ، ޣައްޒާ އަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތައިލުމަށް ޕްރެޝަރު ކުރުމަށް މެޑިޓެރޭނިއަން ކަނޑުގައި ދަތުރުކުރަމުންދާ ފަންސާހެއްހާ އުޅަނދުތަކަށް ޣައްޒާ އާއި ދިމާލަށް ދަތުރު ނުކުރުމަށް އިންޒާރު ދިނުމުގެ ގޮތުންނެވެ.

އިސްރާއީލްގެ ޑްރޯންތަކުން ވަނީ ފާޑެއްގެ ޑިވައިސްތަކެއް ވެސް ކަނޑުމައްޗަށް އަޅާފައެވެ. އެ ކަމުގެ ސަބަބުން މުއާޞަލާތްބކުރުމަށް އެ އުޅަނދުތަކަށް ބުރޫ އަރާފައި ވެއެވެ. ރޭޑިއޯ ސެޓުތައް މަސައްކަތް ނުކުރާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

ފްލޮޓިއްލާގެ އުޅަނދެއްގައި މިވަގުތު ހުރި މިޞްރުގެ ނޫސްވެރިޔަކު ސިފަކުރާ ގޮތުގައި އިސްރާއީލުގެ ޑްރޯންތަކުން މިވަގުތު ހިންގަމުން އެ ގެންދަނީ ބިރުދެއްކުމަށް އަމާޒުކޮށްގެން ހިންގާ "ސައިކޮލޮޖިކަލް އޮޕަރޭޝަންތަކެއް" ކަމަށެވެ.

އިސްރާއީލުން ސީދާ އެއްވެސް އުޅަނދަކަށް އަދި ޙަމަލާއެއް އަމާޒެއް ނުކުރެއެވެ. ނަމަވެސް ބައެއް އުޅަނދުތަކުގެ ކައިރިއަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 13 ގޮވުމެއް ގޮއްވައިލި ކަމަށް ޚަބަރުތައް ބުނެއެވެ.

އިސްރާއީލުން ވަނީ ޣައްޒާއަށް ދަތުރުކުރާ ފްލޮޓިލާ ހުއްޓުވާނެ ކަމަށް މީގެ ކުރިން ވައުދުވެފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެހެންނަމަވެސް، ފްލޮޓިއްލާގެ ބައިވެރިން ދަތުރުކުރަމުން އެ ދަނީ މަރައިލިޔަސް ހެޔޮ ކަމަށް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%