Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮޅުފުށީގައި އިތުރު 100 ހައުސިންޔުނިޓް އަޅަނީ

ކޮޅުފުށީގައި އިތުރު 100 ހައުސިންޔުނިޓް އަޅަނީ

އައިޝަތު ރުވާ ރިފްޢަތު
296 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2025 12:40
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުފުށީގައި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުފުށީގައި.
ޚުލާސާ

ކޮޅުފުށީގައި އަންނަ އަހަރު އިތުރު 100 ހައުސިން ޔުނިޓް އަޅައިދޭނެ. އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންކަން ސަރުކާރުން ދަނީ ފަހި ކުރަމުން.

ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މި އަހަރުގެ ނިޔަލަށް ރައްޔިތުންނަށް ހަވާލުކުރައްވާނެ ކަމަށާއި، އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް ސީދާ ރައީސްއަށް ހުށަހެޅުމުގެ ފުރުޞަތު ދެއްވާފައެވެ. އަދި

ކޮޅުފުށީގެ ތަރައްޤީއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި، ވީހާވެސް އަވަހަށް މީހުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ޚާއްޞަ އިސްކަމެއް ދެއްވައި، އެ ރަށުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ މަހު ކުލީގެ އަގު 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

"މިރަށަށް ގެދޮރުވެރިކަމުގެ އިތުރު މަސައްކަތްތައް ބޭނުންވޭ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިން ޔުނިޓް މިރަށުގައި ފަށާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން. އަމިއްލަ ގޯތީގަ މި މަޝްރޫއުގެ ދަށުން އަޅަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދޭނަން،" ރައީސް ވިދާޅުވިއެވެ.

ކޮޅުފުށިގެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫޢުއަކީ އެ ރަށުގެ ޢުމްރާނީ ތަރައްޤީ އަށާއި، އިޤްތިޞާދަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެ ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ޖަނަރޭޓަރު ސެޓެއް ގެނެސްދެއްވާނެ ކަމަށާއި، ސްކޫލްގައި ލައިބްރަރީ އާއި ހެލްތް ރޫމް ހިމެނޭހެން އިތުރު ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮޅުފުށީ ރައްޔިތުން ވަނީ އެ ރަށް ހިމެނޭ ސަރަޙައްދުގައި ހުއްޓިފައިވާ ޓުއަރިޒަމް މަޝްރޫޢުތައް އަވަސްކޮށްދިނުމަށް އެދިފައެވެ. ރައީސް ވަނީ އެކަމާއި ގުޅޭ އެގްރިމަންޓްތައް ބައްލަވައި، ވީހާވެސް އަވަހަށް މައްސަލަ ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި ފުޓުބޯޅަ ދަނޑާއި، ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ރަށުގެ ރައްޔިތުން ވަނީ ރަށުގައި ތިބެގެން މަތީ ތަޢުލީމަށް ކިޔެވޭނެ ފަސޭހަ ފުރުޞަތުތައް ހޯދަދިނުމަށްވެސް ރައީސް އަރިހުގައި އެދިފައެވެ. ރައީސް ވަނީ މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

މ. ކޮޅުފުށިރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

1 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

3 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

3 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

3 ދުވަސް ކުރިން - 13:22