ޕާކިސްތާނުގައި ކޮލެރާ..!

ޢަބްދުﷲ ޖުނައިދު | 25 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2025 08:56
ޕާކިސްތާނާއި އިންޑިއާ ބޯޑަރު ކައިރީގައި އޮންނަ ސުޓްލޭޖް ކޯރު ބަމްށުން ވުމާއި ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދަކުން ނިކުތުމަށްފަހު މީހަކު އޭނާގެ ތަކެތި ހިފައިގެން ދަނީ / ފޮޓޯ: އަލްޖަޒީރާ.
ޕާކިސްތާނާއި އިންޑިއާ ބޯޑަރު ކައިރީގައި އޮންނަ ސުޓްލޭޖް ކޯރު ބަމްށުން ވުމާއި ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދަކުން ނިކުތުމަށްފަހު މީހަކު އޭނާގެ ތަކެތި ހިފައިގެން ދަނީ / ފޮޓޯ: އަލްޖަޒީރާ.
ޚުލާސާ

ފެން ބޮޑުވުމުގެ ކާރިޘާ އާއި ގުޅިގެން ޕާކިސްތާނުން ކޮލެރާއަށް ޝައްކުކުރެވޭ 13،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، މި ބަލި ޖެހިގެން 10 މީހުން މަރުވެއްޖެ.

ޕާކިސްތާނުގައި މި ފަހުން ހިނގި ފެން ބޮޑުވުމުގެ ކާރިޘާ ތަކާއި ގުޅިގެން އެ ޤައުމުގައި ކޮލެރާ ބަލި ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދީފިއެވެ.

ޕާކިސްތާނުގައި ފެން ބޮޑުވި ހާދިސާގައި ހަމިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރު ކޮށްފައި ވާއިރު، ދެމިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ. އާއި ޙަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ، މަންމައަކު ދަރިން ސަލާމަތް ކުރުމުގައި / ފޮޓޯ: އޭޕީ

ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކުން ކަށަވަރު ކުރާ ގޮތުގައި ކޮލެރާގެ ހާހަކަށް ވުރެ ގިނަ ކޭސްތައް މިހާރު ވަނީ ފެނިފައެވެ.

މީގެ އިތުރުން ބަލޫޗިސްތާނުގައި ކޮލެރާއަށް ޝައްކުކުރެވޭ 13،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، މި ބަލި ޖެހިގެން 10 މީހުން މި ހަފްތާގައި މަރުވެފައިވާ ކަމަށް ވެސް ޞިއްޙީ ރިޕޯޓްތަކުން ދައްކާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%