ޣައްޒާގެ ބިމުން މުސްލިމުން ބޭލުމަށް އިސްރާއީލު ސިފައިންގެ ލަޝްކަރެއް ވަދެއްޖެ

ޢަބްދުﷲ ޖުނައިދު | 8 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 13:18
ކުއްލި ޚަބަރު: ޣައްޒާގެ ބިމުން މުސްލިމުން ބޭލުމަށް އިސްރާއީލުގެ ލަޝްކަރެއް ވަދެއްޖެ
ކުއްލި ޚަބަރު: ޣައްޒާގެ ބިމުން މުސްލިމުން ބޭލުމަށް އިސްރާއީލުގެ ލަޝްކަރެއް ވަދެއްޖެ
ޚުލާސާ

ރަހީނުން ހޯދުމުގެ ނަމުގައި ގެތަކަށް ވަދެ ގެތައް ފާސްކޮށް، މީހުންތައް ގެދޮރުން ގަދަކަމުން ނެރުމަށް އިސްރާއީލް ސިފައިންގެ 10,000 މީހުން އެކުލެވޭ ލަޝްކަރެއް ޣައްޒާއަށް ވަދެއްޖެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ހިންގަމުންދާ ނުރައްކާތެރި އޮޕަރޭޝަނުގައި ޣައްޒާ ސިޓީ އާއި ޣައްޒާގެ އުތުރުން އެއްގަމުމަގުން އަރައިގަތުމަށް ތިން ލަޝްކަރު ތައްޔާރުވެއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ދެކުނުގެ ޚާން ޔޫނިސްގައި އިތުރު ލަޝްކަރެއް މިވަގުތުވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.

މަސްދަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން މިހާރު ކުރަމުންދާ މަސައްކަތަކީ ރަހީނުން ހޯދުމުގެ ނަމުގައި ގެތަކަށް ވަދެ ގެތައް ފާސްކޮށް އަދި މީހުންތައް ގެދޮރުން ގަދަކަމުން ނެރުމެވެ. އިންކާރުކޮށް ދެކޮޅުހަދާ ނަމަ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލުމާއި ޢާއިލާތަކުގެ ކުރިމަތީގައި ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާކޮށް ޝަހީދުކޮށްލުމެވެ. ބޭނުމަކީ ހިތްދަތިވެގެން ވެސް އަމިއްލައަށް އެ ޢާއިލާތަކުން ޣައްޒާ ސިޓީ ދޫކޮށް ހިޖުރަ ކުރުމެވެ.

އިސްރާއީލު ސިފައިންގެ މި ލަޝްކަރު ޣައްޒާ އަށް ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނަށް އަލްވަދާޢު ކިޔަން ޖެހިއްޖެ ކަމަށް ބުނެ އެ މީހުންގެ ފޮޓޯ އާއި އެކު ޕޯސްޓަރެއް ޢާންމުކުރި ހިސާބުން ކަން ފާހަގަ ކުރެވެއެވެ.

ޣައްޒާގައި އާންމުންނަށް މަޖުބޫރުކޮށްގެން ގެދޮރުން ނެރޭތީވެ، އެ ކަމާއި ދެކޮޅަށް ވާހަކަ ދައްކަވަމުން އާދީއްތަ ދުވަހު ޕޯޕް ލިއޯ ވިދާޅުވީ، “މާތް ބިމުން” ގަދަކަމުން މީހުން ބޭލުމަކީ އިސްރާއީލަށް ހަމަޖެހިގެން އެ ބިމުގައި އުޅެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

އިސްރާއީލުގެ މީޑިއާއިން ބުނީ މިހާރުވެސް 450،000 މީހުން ޣައްޒާ ދޫކޮށް ފިލައިފި ކަމަށެވެ. މި ޢަދަދުގައި ފުށުއެރުންތަކެއް އެބައުޅެއެވެ. އެހެން މީޑިއާއަކުން ފަލަސްޠީނުގެ ޣައްޒާގެ ސަރުކާރާއި ޙަވާލާދީ ބުނީ އިސްރާއީލްގެ ހަނގުރާމަވެރިން ދެކެ ބިރުން ސިޓީ ދޫކޮށް ދިޔައީ ތިންލައްކަ އެއްހާ މީހުން ކަމަށާއި އަދިވެސް ނުވަލައްކަ މީހުން ޣައްޒާ ސިޓީގައި އެބަތިބި ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން އެއްގަމުމަގުން ކުރިޔަށް ގެންދާ ހަނގުރާމައިގެ ޖަރީމާ ތަކުގައި މިހާރު ޙަރަކާތްތެރިވަނީ ޒައެނިސްޓް ހަނގުރާމަވެރި ފައުޖު 98 އާއި 162 އަދި 36 ކަމަށް ޚަބަރުތައް ބުނެއެވެ. ފައުޖު 36 މިހާރު ވަނީ ޚާން ޔޫނިސްގައި ތިބި އިސްރާއީލްގެ ސިފައިންނާއި ގުޅިފައެވެ. ފައުޖު 36 އަދި 162 މިހާރު މަސައްކަތް ކުރަމުންދަނީ ޣައްޒާ ސިޓިގައި ތިބި ސިފައިންނާއި ގުޅުމުގެ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ. އަލަށް ގުޅެމުންދާ މި ލަޝްކަރުގައި 10،000 ސިފައިން އެބަތިބި ކަމަށާއި، އެހެންކަމުން ޣައްޒާގައި މިވަގުތު 30,000 އަށްވުރެ ގިނަ ޒައެނިސްޓް ސިފައިން އެބަ ތިބި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%