Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވައުދުފުޅުވީ ގޮތަށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ!

ވައުދުފުޅުވީ ގޮތަށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން
307 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 13:40
ރައީސް މުއިއްޒު ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މަސްވެރިން ބާނާ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަން ނޫން އަގެއްގައި ވިއްކޭނެ ގޮތް ހަމަޖައްސަވައިދިނުމަށް ކަމާއި ގުޅުންހުރި ދާއިރާތަކުގެ މެދުގައި ދަނީ މަޝްވަރާ ކުރަމުން.

ރިޔާސީ އިންތިހާބުގައި ވައުދުފުޅުވީ ގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި، އެހެނަސް އެކަމަށް ވަގުތު ނަގާފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިހާރު މ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިއްގަރަކީ މަސްވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ ރަށެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޓޫރިޒަމް ސިނާއަތަށް ފަހު ސަރުކާރުން އެންމެ އިސްކަމެއް ދޭ ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތްކަމަށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި ހަރުދަނާކުރުމަށް މަސްވެރިންގެ އަޑު ގާތުން އަހައި، އެކަންކަން ހައްލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރިޔާސީ އިންތިހާބުގައި ވައުދުފުޅުވީ ގޮތަށް، މަސްވެރިން ބާނާ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަން ނޫން އަގެއްގައި ވިއްކޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވެފައިވަނީ އެކަން ތަންފީޒު ކުރުމަށް މިނިސްޓްރީއާއި، ކަމާބެހޭ ފަރާތްތަކާއި އަދި މިފްކޯއާއިއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން، އެއްވެސް ޕްލޭނެއް ނެތި ކަންކަމުގައި ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިވެސް ސަސްޓެނައިބަލްކޮށް، މެދުނުކެނޑި ކުރިއަށްގެންދަން ބޭނުން ކަމެއް، ހަމަ ނަމެއްގައި މާދަން ފެށިގެން 20 ރުފިޔާއޭ ބުނީމަކާ އެކަމެއް ނުވޭ، އިރާދަކުރެއްވިއްޔާ އެކަން ހާސިލްކުރުމަށްޓަކައި މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް އިންޑަސްޓްރީ ތެރޭގައި، މިނިސްޓްރީންނާއި މިފްކޯއާއި ކަމާގުޅުން ހުރި ހުރިހާ ފަރާތްކާއި އެކީގައި ސަރުކާރުން ކުރަމުން،" ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އޭގެތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ފަހިކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަސްވެރިކަންމ. ދިއްގަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

6 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

6 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

7 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

8 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

8 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

1 ދުވަސް ކުރިން - 20:04