ޣައްޒާ: ފަހަރަކު ޢާއިލާއެއް އެއްކޮށް ކޮށައިލަނީ

ޢަބްދުﷲ ޖުނައިދު | 8 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 12:41
އިސްރާއީލުން ޝަހީދުކޮށްލާފައިވާ އެއް ޢާއިލާގެ މެންބަރުންތަކެއްގެ ކައިރީގައި މީހުންތައް ހުއްޓިލައިގެން؛ މިހާރު ޒައެނިސްޓުން ޓާގެޓްކުރަނީ ބޮޑެތި ޢާއިލާތަކަށް. / ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުން ޝަހީދުކޮށްލާފައިވާ އެއް ޢާއިލާގެ މެންބަރުންތަކެއްގެ ކައިރީގައި މީހުންތައް ހުއްޓިލައިގެން؛ މިހާރު ޒައެނިސްޓުން ޓާގެޓްކުރަނީ ބޮޑެތި ޢާއިލާތަކަށް. / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ނަސްލު ނައްތާލުމުގައި އިސްރާއީލުން ދަނީ ފަހަރަކު ޢާއިލާއަކަށް އަމާޒު ކުރަމުން.

ޣައްޒާ ސިޓީގެ ޞަބްރާ ސަރަހައްދުގައި އިސްރާއީލުގެ ޓެރަރިސްޓު ހަނގުރާމަވެރިން އަނެއްކާވެސް އެއް ޢާއިލާއަކުން މަދުވެގެން 25 މީހުން ޝަހީދު ކޮށްލައިފި ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

ހައްދުފަހަނަ އަޅަފައިވާ ޒައެނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ނަސްލު ނައްތައިލުމަށް ޒާމިރު އާއި ޙަވާލުކޮށްފައެވެ. މިހާރު ހިންގަމުން ގެންދާ ޤަތުލުޢާންމުތަކުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އަޅާއިރު އެންމެ ބޮޑަށް އަމާޒުކުރަނީ ގިނަ ޢާއިލާތައް އުޅޭ ތަންތަނަށާއި ބޮޑެތި ޢާއިލާތަކަށެވެ. ޞަބްރާ ސަރަޙައްދު ހަލާކުކޮށް އެ ސަރަޙައްދު ހިފުމުގެ ޕްލޭންގެ ތެރެއިން އިސްރާއީލުގެ ޓޭންކުތައް މި ވަގުތުވެސް ދަނީ އެ އަވަށުގައި ޙަރަކާތްތެރިވަމުންނެވެ. މިއީ އެމީހުން އެއްގަމުމަގުން އަރައި ޞަބްރާގައި ޤަތުލުޢާންމު ހިންގާތާ ދެވަނަ މައްސަރެވެ.

ތުރުކީވިލާތުގެ ޓީވީ ޗެނަލަކުން ބުނީ މިހާރު ޣައްޒާގެ މުސްލިމުންގެ ގުނަވަންތައް އިސްރާއީލުގެ ބޮންތަކުގެ ސަބަބުން އެދަނީ ކުދިކުދިވަމުންނެވެ. “އެ މީހުން (ޒައެނިސްޓް ހަނގުރާމަވެރިން) ޣައްޒާގެ ނަސްލު އެ ނައްތައިލަނީ. ފަހަރަކު ޢާއިލާއެއް ކުދިކުދިކޮށް އެ ކޮށައިލަނީ”

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ވަރުގަދަ ބޮމުގެ ޙަމަލާތަކުގައި ޢާއިލާތައް ފަނާވެ، އެތައް ޖީލެއް ފޮހެލައިފި ކަމަށް މަސްދަރުތައް ބުނެއެވެ.

ޚާން ޔޫނިސްގައި ދިރިއުޅޭ އަބޫ ޖާމްގެ ޢާއިލާގެ 48 މެންބަރުން ޝަހީދުކޮށްލާފައި ވާއިރު، ރަފާހުގައި ދިރިއުޅޭ އަބޫ ހަތަބު ޢާއިލާގެ 50 މެންބަރުން ވަނީ ޝަހީދުކޮށްލާފައެވެ.

މީގެ އިތުރުން އިސްރާއީލުން ދަނީ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ބޮޑެތި ޢާއިލާތަކަށް ވެސް ޓާގެޓް ކުރަމުންނެވެ. އެ ގޮތުން ބުރައިޖް ރެފިއުޖީ ކޭމްޕްގައި ދިރިއުޅުނު އަލް-އަސްތަލް ޢާއިލާ އަށް އަމާޒުކޮށް ޙަމަލާދީ 24 މެންބަރުން ޝަހީދުކޮށްލާފައިވާކަން ފާހަގަ ކުރެވެއެވެ.

ބައިތު ހަނޫން ގައި ދިރިއުޅޭ އަލްމަސްރީ ޢާއިލާގެ 21 މެންބަރުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ވަފާ ނޫސް އެޖެންސީން މެޑިކަލް މަސްދަރުތަކާއި ޙަވާލާދީ ބުނީ ރޭ ފަތިހު ވެސް އިސްރާއީލުން ދިން ޙަމަލާތަކުގައި 68 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި މަހު އެކަނިވެސް ޣައްޒާ ސިޓީގެ 450،000 އަށް ވުރެ ގިނަ މީހުން އެ މީހުންގެ ގެދޮރުން ނެރެލާފައެވެ. ޣައްޒާގައި އަދިވެސް ގާތްގަނޑަކަށް 900،000 މީހުން އެބަތިއްބެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%