ވޭވަށު ޕޮލިސް ޕޯސްޓުގެ ބިންގާ އަޅައިފި

އައިޝަތު ޝިފްނާ ހުސައިން | 9 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 18:46
ވޭވަށު ޕޮލިސް ޕޯސްޓުގެ ބިންގާ އަޅަނީ - ފޮޓޯ: ރައީސް އޮފީސް
ވޭވަށު ޕޮލިސް ޕޯސްޓުގެ ބިންގާ އަޅަނީ - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް.

މ. ވޭވަށުގެ ޕޮލިސް ޕޯސްޓުގެ ބިންގާ މިއަދު އަޅައިފިއެވެ.

ވޭވަށުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%