މަގޫދޫ އަށް ބޮޑެތި ކުރިއެރުންތަކެއް، އެއާޕޯޓުވެސް އަހަރެއްގެތެރޭ ނިމޭނެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 70 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 18:20
ރައީސް ޑރ. މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް ޑރ. މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މަގޫދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައި ފިޓްނަސް ސެންޓަރާއި ޕޮލިސް ޕޯސްޓާއި ކައުންސިލް އިދާރާގެ ބިންގާ އެޅިއިރު އެއާޕޯޓުވެސް އަހަރެއްގެތެރޭ ނިމޭނެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ިރައީސް މި މޭރުމުން ވިދާޅުވީ، އެމަނިކުފާނު މިހާރު ފ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަގޫދޫގައި މިއަދު ފެށިގެން ދިޔަ މަޝްރޫއުތަކާއި އަދި މިހާރުވެސް އެ ރަށުގައި ހިނގަމުންދާ މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއް ނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެ ރަށު އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީހެއް ދެއްވުމަށް ރައީސްގެ އަރިހުން އެ ރަށު ރައްޔިތުން އެދުމުން، އެއާޕޯޓްގެ މަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފއެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއި ހުރެ އެ މަސައްކަތް މިހާރުވަނީ ހުއްޓިފައެވެ. މިކަމާއި ގުޅިގެން މަގޫދޫގެ ރައްޔިތުން އޭރު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެން ނަމަވެސް، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް އެއާޕޯޓް މަޝްރޫއު ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މަގޫދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވަނީ ފައްޓަވައި ދެއްވައިފަ އެވެ. އަދި އެ ރަށު ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރާއި، ކައުންސިލް އިދާރާގެ އިތުރުން ޕޮލިސް ޕޯސްޓުގެ ބިންގާ ވަނީ އަޅައިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%