ހުޅުމާލެއިން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުން: ސްޓެލްކޯ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 15:24
ހުޅުމާލެ ދެވަނަ ފިޔަވަހި: ފޮޓޯ/ އިންޓަނެޓް---
ހުޅުމާލެ ދެވަނަ ފިޔަވަހި: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުން ހުޅުމާލެއިން ރޭ 3:30ހާއިރު ކަރަންޓު ކެނޑުނުއިރު، ފަތިހު 04:56 ހާއިރު ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް އަލުން ދީފައި.

ހުޅުމާލެ ދެވަނަ ފިޔަވަހިން ރޭގެ ވަގުތެއްގައި ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް “އޮފް” ވެގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން ނެރެނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޭގެ މެންދަމުގެ ވަގުތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް، ހިޔާ އަދި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި، ކަރަންޓް ކެނޑިފައިވަނީ ރޭ މެންދަމު 03:30 ހާއިރު ކަމަށެވެ. އެހެންނަމަވެސް ރޭ ފަތިހު 04:56 ހާއިރު ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށް ވެސް ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށްޓަކައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ހާދިސާގެ ސަބަބުން އާންމުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%