ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލު ސިފައިން ހެކިބަސް ދެނީ

ޢަބްދުﷲ ޖުނައިދު | 9 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 12:49
ކުއްލި ޚަބަރު: ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލު ސިފައިން ހެކިބަސް ދެނީ
ކުއްލި ޚަބަރު: ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލު ސިފައިން ހެކިބަސް ދެނީ
ޚުލާސާ

ނަތަންޔާހޫގެ ސަރުކާރުން އަންގައިގެން ގަސްދުގައި ކުޑަކުދިން މަރައިލި ކަމަށް ބުނެ ޔަހޫދީ ސިފައިން ހެކިބަސްދޭން ފަށައިފި.

ޣައްޒާގައި ދިފާޢުގައި އެއްވެސް ކަމެއް ކުރެވެން ނެތް ބަލިކަށި ކުޑަކުދިންނާއި ޢާންމުންގެ ގަޔަށް ބަޑިޖަހަން ނަތަންޔާހޫގެ ސަރުކާރުން އަމުރު ކުރި ކަމަށް ބުނެ އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ބައެއް ސިފައިން ހިއުމަން ރައިޓްގެ ރިޕޯޓުތަކަށާއި އެކި މީޑިއާ ތަކަށް ހެކިބަސް ދޭން ފަށައިފިއެވެ. އެ މީހުން ބުނާ ގޮތުގައި އިންސާނީ އެހީ ބަހަމުންދާ ސައިޓްތަކުގެ ކައިރީގައި ތިބޭ ޢާންމުންނަށް ވެސް ޙަމަލާ ދިނުމަށް ނަތަންޔާހޫގެ ސަރުކާރުން އަމުރުކޮށްފައި ވެއެވެ.

އައިޑީއެފްގެ މީހަކު ބުނި ގޮތުގައި އިސްރާއީލުން ކަނޑައަޅައިފައިވާ "ނޯ ގޯ ޒޯންތަކަށް" ވަންނަ ކޮންމެ މީހެއްގެ ގަޔަށް ވެސް ބަޑިޖަހަން އަންގާފައިވެއެވެ.

ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ އެފަދަ އެއްވެސް އަމުރެއް ކޮށްފައި ނުވާ ކަމަށް ބުނެފައެވެ.

ނަމަވެސް، ޕްރެޝަރާއި ގުޅިގެން އައިޑީއެފްގެ މިލިޓަރީ އެޑްވޮކޭޓް ޖެނެރަލް ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%