80 ޕަސެންޓު ތާއީދުނަމަ ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދޭނަން: ރައީސް

އައިޝަތު ޝިފްނާ ހުސައިން | 10 ދުވަސް ކުރިން - 20 ސެޕްޓެންބަރު 2025 17:27
ރައީސް ވ. ރަކީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން -- ފޮޓޯ : ވަގުތު އިމޭޖަސް، އިބްރާހިމް ޝާބިލު
ރައީސް ވ. ރަކީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން -- ފޮޓޯ : ވަގުތު އިމޭޖަސް، އިބްރާހިމް ޝާބިލު
ޚުލާސާ

ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ބުނެފި އެވެ.

އެ ރަށުގެ ބައެއް ރައްޔިތުން މިފަދައިން ހާމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ވ. ރަކީދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި، ވ. ރަކީދޫގެ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ.

ވ. ރަކީދޫގެ ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފަ އެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ކަމަށެވެ. އަދި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%