Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގާނޫނު މުގުރައި ގާނޫނާ ހިލާފަށް ކަންކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނަން: ރައީސް

ގާނޫނު މުގުރައި ގާނޫނާ ހިލާފަށް ކަންކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނަން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
345 ދުވަސް ކުރިން - 20 ސެޕްޓެންބަރު 2025 08:18
ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް--
ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް--
ޚުލާސާ

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިހާރު، ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެލިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން.

ގާނޫނު މުގުރައި، ގާނޫނާ ހިލާފަށް ކަންކުރަން މި ގައުމުގައި އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިހާރު، ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެލިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށެވެ.

ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި އަދި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އޮތްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އަލަށް ފާސްކުރެވުނު މީޑިއާ ގާނޫނުން ވެސް އަންގަނީ، ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށްކަމަށާއި، ސާބިތު ނުހިފޭ ވާހަކައެއްނަމަ އެއީ ސާބިތު ނުހިފޭ ވާހަކައެއްކަން ހާމަކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement 1
"ވޭތުވެގެންދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި އެއްވެސް ރައްޔިތަކަށް ފެނިވަޑައިގެންފައި ނޯންނާނެ ސިޔާސީ ބޭނުމެއްގައި އެއްވެސް ފަރާތަކާ ދޭތެރޭގައި މި ސަރުކާރުން ފިޔަވަޅެއް އަޅައިފަ އޮތް ތަނެއް. ބަދަލެއް ހިފި ތަނެއް. އެހެންތޯ ކުރިން އޮތީ؟ ގައުމުގައި ހަމަނުޖެހުން ތާއަބަދު ތަކުރާރުވަމުން ސައިކަލްއެއްގޮތުގައި ދިޔައީ ތަކުރާރުވަމުން ހަމަޖެހުމެއް ނެތް. މިހާރު މީގެ އެއްވެސް ކަމެއް ނޯންނާނެ."--- ރައީސް ވިދާޅުވި އެވެ.
ސިޔާސީ ފަރާތްތަކުން އެ ފަރާތްތަކުން ސިޔާސީ ގޮތުން ދައްކަން ބޭނުންވާ ވާހަކައެއްދެއްކި ނަމަވެސް މި ސަރުކާރުން ފިޔަވަޅު އަޅާފައިނުވާނެކަމަށާއި، އެ މީހަކީ ސިޔާސީ މީހަކަށްވެގެން ކޯޓަށް ވެސް ގެންގޮސްފައި ނުވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

28 މިނެޓު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

46 މިނެޓު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

57 މިނެޓު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

2 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

2 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

2 ގަޑިއިރު ކުރިން - 16:42