ތ. މަޑިފުށީގެ އިހުތިސާސުގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ، ކޮޅުފުއްޓާއި އުފުރިޔާ ހިމެނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް ޑރ. މުއިއްޒު މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ގަރާރަކުންނެވެ.
ތ. މަޑިފުށީގެ އިހުތިސާސަށް އަލަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓު، ރައީސްގެ ގަރާރާއެކު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
https://gazette.gov.mv/gazette/7329
ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ފަޅުރަށްތައް މިގޮތަށް ހިމެނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެއިތުރުން، ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ފަޅުރަށްތައް މިގޮތަށް ހިމެނުމުގެ ސަބަބުން ދަނޑުވެރިކަން ފަދަ ކަންކަމުން ރައްޔިތުންނަށް ނަފާ ލިބޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.









