ވޭތުވެދިޔަ 18 އަހަރު އިސްރާއީލުން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރަސްތައް ނައްތައިލުމަށް ގްލޯބަލް ޞުމޫދު ފްލޮޓިލާގެ ތެރެއިން ޓިއުނީޝިއާ އިން ޣައްޒާ އާއި ދިމާލަށް ދަތުރުކުރި 23 ބޯޓުގެ ތެރެއިން 13 ވަނަ ބޯޓު ރޭ ނައްޓާލައިފިއެވެ.
އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި ފޭސްބުކުން ޢާންމުކުރި ވީޑިއޯއެއްގައި ފްލޮޓިއްލާއިން ބުނެފައިވަނީ 12 ބޯޓެއް މިހާރު ވެސް ޓިއުނީޝިއާ އިން ޣައްޒާއާ ދިމާއަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ޞުމޫދު ފްލޮޓިއްލާ އިން ބުނީ ގްރީސްގެ ސައިރޯސް އިން ގްރީކުގެ 26 މީހުންނާއި ބައިނަލްއަގުވާމީ 20 އެކްޓިވިސްޓުންނާއެކު ހަބޯޓެއް ދަތުރުކޮށްފައިވާ ކަމަށެވެ.
ޚަބަރުތައް ލިބޭ ގޮތުގައި ފަލަސްޠީނުގެ އައްސޭރިފަށާއި ދިމާއަށް ހުރިހާ ބޯޓެއް ވެސް ދާނީ އެކުއެކީގައެވެ. އެހެންކަމުން އޭގެ ކުރިން ހުރިހާ ބޯޓުފަހަރު މޯލްޓާ ކައިރިއަށް އެއްވާނެއެވެ.
އިސްރާއީލު ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ 1 ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ކަމަށް ހަމާސް އިން ބުނެއެވެ.









